logo
Bank of Maldives

Bank of Maldives

ކުޅިވަރު

'ބީ ހަމްބަލް އޭހ' ކޮތަޅަކަށްލާފައި، އާރސެނަލް އިން ގުއާޑިއޯލާއާއި ހާލަންޑު މަހަށް ފުރުވާލައިފި

އަބްދުﷲ ޣާނިމް
2 ފެބްރުއަރީ 2025 - 18:55
ސްކެލީ ހާލަންޑުގެ ސެލެބްރޭޝަން ކޮޕީކުރަނީ. ފޮޓޯ: އާރސެނަލް
ސްކެލީ ހާލަންޑުގެ ސެލެބްރޭޝަން ކޮޕީކުރަނީ. ފޮޓޯ: އާރސެނަލް

އިނގިރޭސި ޕްރީމިއަރ ލީގުގައި އާރސެނަލްއިން ގުއާޑިއޯލާގެ މެންޗެސްޓަރ ސިޓީ ކޮޅަށް ގޯލުފުންޏެއް ޖަހައި މަހަށް ފުރުވާލައިފިއެވެ. ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު އާރސެނަލް އިން ކާމިޔާބުކުރީ 5-1 އިންނެވެ.

މެޗުފެށީވެސް އާރސެނަލްގެ ގޯލަކުންނެވެ. އެގޮތުން 2 ވަނަ މިނެޓުތެރޭގައި އާރސެމަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ވަނީ ގޯލުޖަހާފައެވެ. ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ހާލަންޑު ގޯލުޖަހައި ސިޓީއަށް ނަތީޖާހަމަ ކޮށްދިންނަމަވެސް އޭގެ 40 ސިކުންތުފަހުން 56 ވަނަ މިނެޓުތެރޭގައި އާރސެނަލްގެ މިޑްފީލްޑަރ ޕާޓޭ ވަނީ ދެވަނަ ފަހަރަށް އާރސެނަލް އަށް ލީޑުނަގާދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ އެންމެ ފާހަކޮށްލެވޭ ގޯލުޖަހާފައިވަނީ މެޗުގެ 62 ވަނަ މިނެޓުގައި އާރސެނަލްގެ 18 އަހަރުގެ ޑިފެންޑަރ ލުވިސް-ސްކެލީއެވެ. އޭނާވަނީ ގޯލުޖެހުމަށްފަހު 'ބީ ހަމްބަލް އެހ' ހާލަންޑުގެ 'ޔޯގާ ލޮޓަސް' ޝެލެބްރޭޝަން ކޮޕީކޮށް ސިޓީގެ ސަޕޯޓަރުން ރޮއްވާލާފައެވެ. ސްކެލީ ހާލަންޑުގެ ސެލެބްރޭޝަން ކޮޕީކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައި މިދެޓީމު ބައްދަލުކުރިމެޗުގައި ހާލަންޑު ސްކެލީ އާއި ދިމާލަށް 'ތިއީ ކާކުހޭ' އަހައި ސުވާލުކުރުމުން އޭގެ ޖަވާބު ހާލަންޑުއަށް ހަނދާން ނުނެތޭވަރު ކުރުމަށެވެ. މީގެ އިތުރުން މެޗުގެ 76 ވަނަ މިނެޓުގައި ހަވަރޓްޒް ގޯލެއް ޖެހިއިރު، މެޗުގެ ފަހު މިނެޓުގައި އާރސެނަލްގެ ނުވެންނޭރީ ވަނީ އިތުރު ގޯލެއް ޖަހައި ގުއާޑިއޯލާގެ ޓީމު މަހަށް ފުރުވާލާފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގައި މިދެޓީމު ވާދަކުރި މެޗު ނިމިގެން ހާލަންޑް ވަނީ އާރސެނަލް ގެ ކޯޗު އާޓެޓާ އާއި ދިމާލަށް 'ސްޓޭ ހަމްބްލް އެހ' ކިޔައި ދިމާކޮށްފައެވެ. އެހެންކަމުން މިނަތީޖާއަކީ ހާލަންޑުގެ މޫނުމަތީގައި ޖެހި ބޮޑު ތަފާއްޔެކެވެ.

މިމޮޅާއެކު އާރސެނަލް ވަނީ އެއްމެޗު އިތުރަށް ކުޅެ، ތާވަލުގެ އެއްވަނައިގައިވާ ލިވަރޕޫލާއި ދެމެދު 6 ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. ހަމްބްލް ސިޓީ މިވަގުތު އޮތީ ތާވަލުގެ 4 ވަނައިގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގެ ގޯލާއެކު ޗެލްސީ ހިފަހަށްޓައިފިކުޅިވަރު | 3 ދުވަސް ކުރިންއާސެނަލް އަދި ޓޮޓްނަމް ޕްރީމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށްކުޅިވަރު | 3 ދުވަސް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 15 ދުވަސް ކުރިންސެޓްޕީސް އެފްސީ ހިލޭޖެހުމެއްގެ ދަށުވެ ސައިޒަށްކުޅިވަރު | 16 ދުވަސް ކުރިން