logoEN
ކުޅިވަރު

ގޯޓު އެންތޮނީގެ ފުރަތަމަ މެޗާއެކު ރަފީނިޔާ އާއި އެމްބައްޕޭގެ ބެލަންޑިއޯ ހުވަފެން ފެނަށް

އެންތޮނީ ބެޓިސް ޖޯޒީގައި. ފޮޓޯ:ރެއާލް ބެޓިސް

އެންތޮނީ ބެޓިސް ޖޯޒީގައި. ފޮޓޯ:ރެއާލް ބެޓިސް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

03 ފެބްރުއަރީ 2025 - 12:58

ބްރެޒިލްގެ އެންތޮނީ ލަލީގާއަށް އައުމާއެކު ރަފީނިޔާ އާއި އެމްބާއްޕޭގެ ބެލަންޑިއޯ ހުވަފެނުގައި ހިޔަނި އެޅިއްޖެއެވެ. އެގޮތުން އެންތޮނީ ލަލީގާގައި އެޅި އެންމެ ފުރަތަމަ ފިޔަވަޅާއެކު ޕްރީ އެސިސްޓް ހަދާ، އޭނާގެ ފެންވަރު ދައްކާލާފައެވެ.

ރޭގައި ރެއާލް ބެޓިސް އާއި އެތްލެޓިކް ކްލަބް އާއި ބައްދަލުކުރި މެޗުގައި ބެޓިސް އަށް އެންމެ ފަހުން ގުޅުނު ކުޅުންތެރިޔާ އެންތޮނީ ވަނީ މޮޅުކުޅުމެއް ދައްކައި މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. މެޗުގައި ޕްރީ އެސިސްޓުގެ އިތުރުންވެސް އޭނާ ވަނީ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ރޭގެ މެޗު ނިމުނީ 2-2 އިން މެޗު އެއްވަރުވެގެންނެވެ.

ތާވަލުގެ 9 ވަނައިގައި އޮތް ރެއާލް ބެޓިސް ޔޫރަޕިއަން ފުޓްބޯޅައިން ޖާގަހޯދުމަށް ކުރާ މަސައްކަތުގައި އެންތޮނީ މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. އަދި ރޭގައި އެންތޮނީ ދެއްކި މޮޅުކުޅުމާއެކު، މިއަހަރުގެ މޮޅުކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާނެ ކަމަށް ބެލެވޭ ބާސެލޯނާގެ ރަފީނިޔާ އާއި ރެއާލް ގެ އެމްބާއްޕޭގެ ފަހަތުން އެންތޮނީވެސް އެމަޤާމަށް ވާދަކުރާނެ ކަމަށް ބެލެވެއެވެ.

އެންތޮނީ ވަނީ މި ޖެނުއަރީ ޓްރާންފަރ މާކެޓްގައި މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށް ލޯނު އެއްބަސްވުމެއްގެ ދަށުން ސްޕެއިނުގެ ރެއާލް ބެޓިސް އަށް ބަދަލުވެފައެވެ. ބެޓިސްގެ ފުރަތަމަ 11 އިން ޖާގަ ކަށަވަރުވެފައިވާ އެންތޮނީ މެންޗެސްޓަރ ޔުނައިޓެޑުގައި ލިބުނު މަލާމާތާއި ފުރައްސާރަ ކުރި މީހުންނަށް މެސެޖެއްދީ، ޔުނައިޓެޑުގައި ނުދެއްކުނު ކުޅުން ބެޓިސްގައި ދައްކާނެކަމަށް ބެލެވެއެވެ. ގޯޓް އެންތޮނީގެ ޖޯޒީ ނަންބަރަކީ މެޖެސްޓިކް 7 ނަންބަރެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder