ގޯޓު އެންތޮނީއަށް އެއްސީޒަނެއްގައި ޔޫރަޕުގެ ދެތަށި ހޯދާ ހަމައެކަނި ކުޅުންތެރިޔާއަށް ވުމުގެ ފުރުސަތު

ގޯޓް އެންތޮނީ

09 މޭ 2025 - 06:25
ގޯޓު އެންތޮނީގެ މޮޅު ކުޅުމާއެކު ރިއަލް ބެޓިސް ފުރަތަމަ ފަހަރަށް ޔޫރަޕުގެ ފައިނަލަކުން ޖާގައެއް ހޯދައިފިއެވެ. ޔުއޭފާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ރޭގައި ފިއޮރެންޓީނާއާއި ވާދަކުރި މެޗު ނިމުނީ 2-2 އިންނެވެ.
މިމެޗުގެ ބެޓިސް ގެ ފުރަތަމަ ގޯލު އެންތޮނީގެ ރީތި ހިލޭޖެހުމަކުން ޖަހާފައިވާއިރު، ބެޓިސްގެ ދެވަނަ ގޯލަކީ އެންތޮނީ ދިން ރީތި ޕާހަކުން ޖަހާފައިވާ ގޯލެކެވެ.
މިދެޓީމު ވާދަކުރި ފުރަތަމަ ލެގުގައި 2-1 އިން ބެޓިސް ކާމިޔާބުކޮށްފައިވާއިރު، އެމެޗުގައިވެސް އެންތަނީ ވަނީ ގޯލެއް ޖަހާފައެވެ. ރޭގެ މެޗުގައި ބެޓިސް ފުރަތަމަ ގޯލު ޖެހިނަމަވެސް ފޮއިރެންޓީނާ ވަނީ ފަހަތުން އަރައި ދެގޯލު ޖަހައި އެފްރިގޭޓް އެއްވަރުކޮށްފައެވެ. ނަމަވެސް ބެޓިސްގެ އެޒަލްޒޫލީ ވަނީ އެންތޮނީގެ ޕާހަކުން މެޗުގެ 97 ވަނަ މިނެޓުގައި ގޯލުޖަހައި ބެޓިސް ފައިނަލަށް ގެންގޮސްދީފައެވެ.
ބެޓިސް މިމުބާރާތުގެ ފައިނަލުގައި މިމަހުގެ 28 ވަނަ ދުވަހުގައި ވާދަކުރާނީ ޗެލްސީއާއި ދެކޮޅަށެވެ.
ރޭގެ މޮޅާއެކު މެންޗެސްޓަރ ޔުނައިޓެޑުން ލޯނުގައި ކުޅެމުންދާ އެންތޮނީއަށް މިމުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ، އަދި ޔޫރޮޕާ ލީގު ޔުނައިޓެޑުން ކާމިޔާބުކޮށްފިނަމަ، ޔޫރަޕުގެ ދެމުބާރާތެއްގެ މެޑަލް އެއްސީޒަނެއްގައި ހޯދި ހަމައެކަނި ކުޅުންތެރިޔާއަށް ވުމުގެ ފުރުސަތު އެންތޮނީ އަށް ލިބޭނެއެވެ. މިސީޒަނުގެ ފުރަތަމަ ބައިގައި އެންތޮނީ ވަނީ ޔޫރޮޕާ ލީގު ޔުނައިޓެޑް އަށް ކުޅެދީފައެވެ.
އިތުރު ލިޔުންތައް

ޔުއޭފާ ކޮންފަރެންސް ލީގު: 'ތިންވަނަ ޑިވިޝަނުގެ ބޮޑުމަސް' ޗެލްސީ އުޅެނީ އިރާފައި
5 މަސް ކުރިން
ގޯޓު އެންތޮނީގެ ފުރަތަމަ މެޗާއެކު ރަފީނިޔާ އާއި އެމްބައްޕޭގެ ބެލަންޑިއޯ ހުވަފެން ފެނަށް
3 މަސް ކުރިން.png&w=3840&q=75)
ފިޖެޓް ސްޕިނަރ - މީމް އަކުން އެންމެމޮޅު އެއް ކުޅުންތެރިޔާއަށް
3 މަސް ކުރިން