logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހުވަދޫގެ ޗެންޕިއަނުން ސެމީގެ ގަދަހިފުމަކަށް، ދަނޑިމަގުގެ އުއްމީދު ބޮޑު

އަބްދުﷲ ޣާނިމް
4 ފެބްރުއަރީ 2025 - 06:26
ދެއްވަދޫ އާއި ދަނޑިމަގު ވާދަކުރި މެޗުގެ ތެރެއިން. ފޮތޯ: އިމޭޖެސް.އެމް.ވީ
ދެއްވަދޫ އާއި ދަނޑިމަގު ވާދަކުރި މެޗުގެ ތެރެއިން. ފޮތޯ: އިމޭޖެސް.އެމް.ވީ

ގޯލްޑަން ފުޓްސަލް މުބާރާތުގެ ޒޯން 7 ގްރޫޕް 1 ގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. 4 ޓީމެއް ވާދަކުރާ މިގްރޫޕްގައި ކޮންމެ ޓީމަކަށްވެސް ބާކީ އެއްމެޗު އޮތްއިރު، 3 ޓީމަކަށްވެސް ސެމީއިން ޖާގަހޯދުމަށް ފުރުސަތު ހުޅުވުފައިވެއެވެ.

މިގްރޫޕްގައި ވާދަކުރާ ޓީމުތަކަކީ ގއ. ގެ ޗެންޕިއަން ގައްދޫ އާއި ގ.އ ގެ ރަނަރަފް ވިލިނގިއްޔާއި ގދ. ގެ ޗެންޕިއަން ވާދޫ އާއި ފުވައްމުލައް (ދަނޑިމަގު) އެވެ. ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅުނު 2 މެޗުންވެސް ބަލިވެ، ވިލިނގިލި ވަނީ މުބާރާތާއި އަލްވަދާޢު ކިޔާފައެވެ. އެގޮތުން ރޭގައި ވިލިނގިލި ވާދޫއާއި ވާދަކޮށް 3-0 އިން ވަނީ ބަލިވެފައެވެ. މިމެޗުގެ ގޯލުތައް ޖަހާދީފައިވަނީ އަޔާޒް މުޙައްމަދު (އަޔާ) ގެ އިތުރުން ނަޝާހް އަހުމަދާއި މުހައްމަދު ނާއިލް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Vaadhoo vs Villingili.jpg

ވާދޫ އާއި ވިލިނގިލި ވާދަކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖެސް.އެމް.ވީ

 

މި ގްރޫޕްގައި ރޭގައި ދަނޑިމަގު ވަނީ ދެއްވަދޫއަތުން 2-1 އިން މޮޅުވެ، މުހިންމު 3 ޕޮއިންޓު ހޯދާފައެވެ. މިމެޗުގެ ދަނޑިމަގުގެ ގޯލުތައް މޫސާ އަޒީމް އާއި މުހައްމަދު ސާދު ކާމިޔާބުކޮށްދިންއިރު، ދެއްވަދޫގެ ގޯލުޖަހާފައިވަނީ މުހައްމަދު އިމްރާނުއެވެ.

މިގްރޫޕްގައި މިހާތަނަށް 1 ވަނަ އަދި 2 ވަނައިގައި އޮތީ ވާދޫއާއި ދަނޑިމަގެވެ. މިދެޓީމަށްވެސް 4 ޕޮއިންޓު ލިބިފައިވާއިރު، ގޯލުތަފާތުން ކުރި ލިބެނީ ވާދޫއަށެވެ. މިގްރޫޕްގައި މީގެކުރިން ދަނޑިމަގާއި ވާދޫ ބައްދަލުކުރި މެޗުވަނީ އެއްވަރުވެފައެވެ. ގްރޫޕްގެ 3 ވަނައިގައި 3 ޕޮއިންޓާއެކު ދެއްވަދޫ އޮތްއިރު، ސެމީގެ ފަހުޖާގަ ހޯދުމަށް އެޓީމު ގްރޫޕްގެ އެންމެ ފަހުމެޗުގައި ނިކުންނާނީ ގްރޫޕްގެ 1 ވަނައިގައިވާ ވާދޫއާއި ދެކޮޅަށެވެ. މިގްރޫޕްގެ ފަހުމެޗުގައި ދަނޑިމަގު ނިކުންނާނީ ތާވަލުގެ ފުލުގައިވާ ވިލިނގިއްޔާއި ދެކޮޅަށެވެ.

މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުތައް: (4 ފެބުރުވަރީ 2025)

20:00:  ހއ. ދިއްދޫ – ހދ. ނޭކުރެންދޫ (ޒޯން 1)

20:00:  ހއ. ވަށަފަރު – ހދ. ނައިވާދޫ (ޒޯން 1)

------------------------------------------

21:00 ޅ. ކުރެންދޫ – ބ. އޭދަފުށި (ޒޯން 3)

21:00 ކ. މާފުށި – ކ. ކާށިދޫ (ޒޯން 3)

------------------------------------------

22:00 ހުލުމާލެ – ވިލިމާލެ (ޒޯން 8)

22:00 މައްޗަންގޮޅި – މާފަންނު (ޒޯން 8)

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިކުޅިވަރު | 4 މަސް ކުރިންރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއްކުޅިވަރު | 8 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 8 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 8 މަސް ކުރިން