އަހަރީ ފީ އަދި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ހުޅުވާލައިފި


04 ފެބްރުއަރީ 2025 - 10:22
އަހަރީ ފީ އަދި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ހުޅުވާލައިފި ކަަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.
އަހަރީ ފީ އަދި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ހުޅުވާލުމުން، މިހާތަނަށް 58 ފަރާތަކުން ވަނީ އެޕްލިކޭޝަން ހުށަހަޅާފައެވެ. އޭގެ ތެރެއިން 20 އެޕްލިކޭޝަނެއް ވަނީ ބަލައިގެންފައެވެ.
އެއްގަމު އުޅަނދާއި ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރުތަކުން ނުދެއްކި ހުރި އަހަރީ ފީ އާއި ޖޫރިމަނާ ފައިސާ ބަހާލައިގެން ދެއްކޭނެ ގޮތުގެ ގަވާއިދެއް މިދިޔަ ޑިސެމްބަރު 15ގައި ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކުރި ގަވާއިދުގައިވާ ގޮތުން، ކަނޑު ދަތުރުފަތުރު ކުރާ އުޅަނދުތަކާއި އެއްގަމު އުޅަނދުފަހަރު ތަކުން އަހަރީ ފީ އާއި ޖޫރިމަނާ ފައިސާ އެއްފަހަރާ ދައްކަން ދަތިވާ ފަރާތްތަކަށް ވަކި ޝަރުތުތަކެއް ފުރިހަމަވާނަމަ ބަހާލައިގެން ފައިސާ ދެއްކޭނެ އެވެ.ބަހާލައިގެން ފައިސާ ދެއްކުމުގެ ޝަރުތު ހަމަވަނީ ދައުލަތަށް ދައްކަންޖެހި ނުދެއްކި ހުރި ފައިސާގެ އަދަދު 10،000 ރުފިޔާއަށްވުރެ ބޮޑުވުމާއި، ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވެފައިވުމާއި، ގަވާއިދުގެ ދަށުން ފައިސާ ބަހާލައިގެން ދައްކަން އަމިއްލައަށް ހުށަހެޅުމާއި މީގެކުރިން ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވާ ފަރާތަކަށް ނުވުމާއި، އުޅަނދުގެ ވެރިފަރާތް ކަމުގައިވުމެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުން އުޅަނދުތަކުގެ އަހަރީފީ އަދި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަ ފޯމަކުންނެވެ. އެ ފޯމު ހުށަހެޅުމުން 10 ދުވަސްތެރޭގައި މިނިސްޓްރީން ކޮމިޓްމަންޓް ފީއެއް ކަނޑައަޅަން ޖެހޭ ކަމަށްވެސް ގަވާއިދުގައިވެ އެވެ. ކޮމިޓްމަންޓް ފީ 14 ދުވަސްތެރޭ ދައްކަން ޖެހޭ އިރު މި މުއްދަތުގައި އެ ފައިސާ ނުދެއްކިިއްޖެ އެ ފުރުސަތު އެމީހަކަށް ގެއްލޭނެ އެވެ.
އަދި އެ ފޯމު ހުށަހެޅި ފަރާތާއި މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއް ހަދަންޖެހޭ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ.އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަސް ތެރޭ ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާތިލް ކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް އޮންނާނެ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.
އިތުރު ލިޔުންތައް

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ބަޔަކު ހޯދަނީ
6 މަސް ކުރިން
ހެވީ ވެހިކަލަށް ޚާއްސަކޮށްގެން އިންޑަސްޓްރިއަލް ވިލެޖުން ޕާކިން ޖާގައަށް ހުޅުވާލައިފި
6 މަސް ކުރިން
ސީޕްލޭން އޮޕަރޭޝަން ހަރުދަނާކުރަން ސައުދީން އެހީވަނީ
6 މަސް ކުރިން