logo
Bank of Maldives

Bank of Maldives

ޚަބަރު

ގިނަ ދުވަސްތަކަކަށްފަހު ޤާސިމް މާދަމާ މީޑިއާއި ބައްދަލުކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
5 ފެބްރުއަރީ 2025 - 13:58
ގިނަ ދުވަސްތަކަކަށްފަހު ޤާސިމް މާދަމާ މީޑިއާއި ބައްދަލުކުރަނީ

މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް މާދަމާ ނޫސްވެރިންނާ ބައްދަލުކުރުމަށް ދައުވަތު ފޮނުވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ ކަން. ވެސް ކުރަށް ޤާސިމް ނޫސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް، ރައްޔިތުންގެ މަޖިލީހުން މީޑިއާ ތަކަށް ޚާއްސަކޮށްފައިވާ މީޑީއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފަވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދައުވަތު ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށްކަމަށްވުމުން، ޤާސިމް މީޑިއާތަކާއި ބައްދަލުކުރަށްވަނީ މާމިގިލީ ދާއިރާގެ މެމްބަރުގެ ހައިސްޔަތުން ކަމަށް ޤަބޫލުކުރެވެއެވެ.

ނިމުނު ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރެއްވި ޤާސިމް ސިޔާސީ ގޮތުން ވަކިކޮޅެއް ރަސްމީކޮށް ނުނެންގެވި ނަމަވެސް، އޭނާ އެކްސްގައި ކުރަށްވާ ޕޯސްޓްތަކުގައި މި ސަރުކާރާއި، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ތަޢުރީފް ކުރަށްވާފަވެއެވެ.

މާދަމާ ޤާސިމް މީޑިއާއާއި ބައްދަލުކުރަށްވާ ވަކި މައުލޫއެއް އެނގިފައި ނުވިނަމަވެސް، މައުލޫމާތު ލިބޭގޮތުގައި ޤައުމުގައި މިހާރު ހިނގަމުންދާ ކަންކަމާމެދު އޭނާގެ ވިސްނުން މާދަމާ ހާމަކުރަށްވާނެއެވެ.

ފެހި ޤާނޫނު އަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ ރައީސްކަމާއި، 18 ވަނަ މަޖިލީހުގެ ރައީސް ކަން ވެސް ކުރަށްވާ ޤާސިމް މިއީ މަޖިލީހުގެ ތިންވަނަ ދައުރެވެ. އޭނާ ވަނީ ސަރުކާރާއި، ދައުލަތުގެ އިސްމަގާމްތަކެެއް ވެސް ފުރުއްވާފައެވެ.

ޤާސިމް މީޑިއާއާއި މި ބައްދަލުކުރަށްވަނީ ގިނަ ދުވަސްތަކަކަށްފަހުގައިކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތައް ޕީއެންސީ އަށް ނޫން ބަޔަކަށް ދީގެން ކުރެވޭނެ އެއްވެސް ކަމެއް ނެތް: ގާސިމްޚަބަރު | 4 ގަޑިއިރު ކުރިންމި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހާސިލުކުރި ކާމިޔާބީތަކަށް ޤާސިމްގެ ތަޢުރީފުޚަބަރު | 3 މަސް ކުރިންރައީސް މުއިއްޒުހާ ތާހިރު ވެރިކަމެއް ކުރި ރައީސްއެއް މި ގައުމު ނުދެކޭ: ޤާސިމްޚަބަރު | 4 މަސް ކުރިންރައީސް މުޢިއްޒު ފަދަ އިޚްލާސްތެރި ނިޔަތަކާއެކު މަސައްކަތްކުރައްވާ ވެރިއަކު އަދި ނުދެކެން: ޤާސިމްޚަބަރު | 4 މަސް ކުރިން