logoEN
ކުޅިވަރު

ޓްރޮފީލެސް އެފްސީ އަށް އަނެއްކާވެސް ތައްޓެއް ގެއްލިއްޖެ

އާރސެނަލް އަށް ތައްޓެއް ނުލިބި ސީޒަން ނިންމާލަންޖެހިދާނެ ކަމުގެ ބިރު އަނެއްކާވެސް ވަނީ ހީވާން ފަށާފައި. ފޮޓޯ: އާރސެނަލް

އާރސެނަލް އަށް ތައްޓެއް ނުލިބި ސީޒަން ނިންމާލަންޖެހިދާނެ ކަމުގެ ބިރު އަނެއްކާވެސް ވަނީ ހީވާން ފަށާފައި. ފޮޓޯ: އާރސެނަލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

06 ފެބްރުއަރީ 2025 - 08:13

އިނގިރޭސި ލީގުކަޕުގެ ސެމީގައި އާރސެނަލް ނިއުކާސަލް އަތުން ބަލިވެ، އަނެއްކާވެސް ހުސްއަތާ ސީޒަން ނިންމާލަން ޖެހިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

ރޭގައި ނިއުކާސަލް ގެ އަމިއްލަ ދަނޑުގައި ކުޅެވުނު ސެމީގެ ދެވަނަ ލެގުގައި އާރސެނަލް ނިއުކާސަލް އަތުން ބަލިވީ 2-0 އިންނެވެ. މިމެޗުގެ ނިއުކާސަލްގެ ގޯލުތައް ޖަހައިދީފައިވަނީ މާރފީ އާއި އެންތަނީ ގޯޑަންއެވެ. ސެމީގެ ފުރަތަމަ ލެގުގައި އާރސެނަލް ގެ އަމިއްލަ ދަނޑުގައި ކުޅެވުނު މެޗުންވެސް އާރސެނަލް ވަނީ 2-0 އިން ބަލިވެފައެވެ. އެހެންކަމުން ނިއުލާސަލް އައި ފައިނަލުން ޖާގަލިބެނީ 4-0 އެގްރިގޭޓުންނެވެ.

ފައިނަލުގެ ދެވަނަ ޖާގަ ލިބޭނެ ޓީމެއް ޔަޤީން ވަނީ މިރޭ ޓޮޓްނަމް އާއި ލިވަރޕޫލް ބައްދަލުކުރާ މެޗުން މޮޅުވާ ބަޔަކަށެވެ.

ކަރަބޯ ކަޕް އިން ވަކިވާން ޖެހުނުއިރު، އާރސެނަލް ވަނީ މިސީޒަނުގެ އެފް.އޭ ކަޕުންވެސް ކަޓާފައެވެ. އަދި ލީގުގައި އާރސެނަލް އޮތީ އެއްމެޗު އިތުރަށް ކުޅެ ލިވަރޕޫލަށްވުރެ 6 ޕޮއިންޓް ފަހަތުގައެވެ.

ރޭގެ ބައްޔާއެކު، ތަށްޓެއްގެ އިންތިޒާރުގައި ތިބި އާރސެނަލްގެ ސަޕޯޓަރުން ވަނީ ވަރުބަލިވެ މާޔޫސްވެފައެވެ. އެގޮތުން ލީގުތަށި އާރސެނަލް އަށް ނުލިބޭތާ މިހާރު 20 އަހަރުވެއްޖެއެވެ. އަދި އާރސެނަލްގެ ކޯޗުކަމާއި އާޓެޓާ ހަވާލުވިފަހުން މިދިޔަ 5 އަހަރުތެރޭގައި އެކުލަބަށް ހޯދައިދެވުނީ 2020 ވަނަ އަހަރުގެ އެފް.އޭ ކަޕް އެކަންޏެވެ.

ކޮމެންޓް

871x217_placeholder