logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހަނިގޮތަކަށް ލެގަނޭސް އަތުން ސަލާމަތްވެ، ރެއާލް ކޮޕަޑެލްރޭގެ ސެމީއަށް

އަބްދުﷲ ޣާނިމް
6 ފެބްރުއަރީ 2025 - 08:28
ރޭގެ މެޗުން މޮޅުކޮށްދިން ގޯލުޖަހައިދިން ގޮންޒާލޯ ގާރސިއާ. ފޮޓޯ؛ ރެއާލް މެޑްރިޑް
ރޭގެ މެޗުން މޮޅުކޮށްދިން ގޯލުޖަހައިދިން ގޮންޒާލޯ ގާރސިއާ. ފޮޓޯ؛ ރެއާލް މެޑްރިޑް

ސްޕެނިޝް ކޮޕަޑެލްރޭގެ ކުއާޓަރ ފައިނަލުގައި ލެގަނޭޝް އަތުން ހަނިގޮތަކަށް މޮޅުވެ، މުބާރާތުގެ ސެމީގެ ޖާގައެއް ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

ލެގަނޭސް ގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗު ފެށީ ރެއާލް މެޑްރިޑްގެ ފުރަތަމަ 11 ގެ 8 ކުޅުންތެރިން ނުހިމަނައެވެ. ރޭގެ މެޗު ނިމުނީ 3-2 އިންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ރެއާލް ގެ ލޫކާ މޯޑްރިޗާއި އެންޑްރީކް ވަނީ 2 ގޯލުޖަހައި ޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ލެގަނޭސް ވަނީ ފަހަތުން އަރައި 2 ގޯލުޖަހައި މެޗު އެއްވަރުކޮށްފައެވެ. މެޗުން ރެއާލް މޮޅުވި ގޯލުޖެހީ  ބަދަލުކުޅުންތެރިއެގެ ގޮތުގައި ކުޅެން ނިކުން އުމުރުން 20 އަހަރުގެ ގޮންޒާލޭޒް ގާރސިއާއެވެ. އޭނާ މިގޯލު ޖަހާފައިވަނީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ މޮޅާއެކު ރެއާލް އަށް ސެމީގެ ޖާގައެއް ލިބިފައިވާއިރު، އެތްލެޓިކޯވެސް ވަނީ ކޮޕަޑެލްރޭގެ ސެމީގެ ޖާގައެއް ހޯދާފައެވެ. ސެމީގެ ބާކީ ދެ ޖާގަ ހޯދުމަށް ބާސެލޯނާ މިރޭގައި ވެލެންސިއާއާއި ދެކޮޅަށް ނިކުންނައިރު، އޮސަސޫނާ ނިކުންނާނީ ރެއާލް ސޮސައިޑޭޑް އާއި ދެކޮޅަށެވެ.

މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަނުންނަނީ އެތްލެޓިކް ބިލްބާއޯއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޮންޒާލޯ ގާސިއާގެ ފުރަތަމަ ހެޓްރިކާއެކު ރެއާލް އަށް ބޮޑު މޮޅެއްކުޅިވަރު | 7 ދުވަސް ކުރިންޕެލޭ ލައިޓް ރެއާލް މެޑްރިޑް ދޫކޮށް ލިޔޯންއަށްކުޅިވަރު | 19 ދުވަސް ކުރިންސެވިއްޔާ ބަލިކޮށް ރެއަލް މެޑްރިޑް މޮޅުވިއިރު އެމްބާޕޭ، ރޮނާލްޑޯގެ ރެކޯޑާ ހަމަކޮށްފިކުޅިވަރު | 22 ދުވަސް ކުރިންތިންވަނަ ޑިވިޝަނުގެ ކުލަބެއް އަތުން ހަނިގޮތަކަށް ސަލާމަތްވެ، ރެއާލް ކަޕްގެ ތިންވަނަ ބުރަށްކުޅިވަރު | 25 ދުވަސް ކުރިން