logoEN
ކުޅިވަރު

ޓޮޓްނަމް ބަލިކޮށް ލިވަރޕޫލް ކަރަބޯކަޕްގެ ފައިނަލަށް

ލިވަރޕޫލް ވަނީ މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ދެފަހަރު ޖާގަ ހޯދާފައި. . ފޮޓޯ: ލިވަރޕޫލް

ލިވަރޕޫލް ވަނީ މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ދެފަހަރު ޖާގަ ހޯދާފައި. . ފޮޓޯ: ލިވަރޕޫލް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

07 ފެބްރުއަރީ 2025 - 09:10

ކަރަބޯ ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ޓޮޓްނަމްގެ މައްޗަށް ކުރިހޯދައި، ލިވަރޕޫލް ކަރަބޯކަޕްގެ ފައިނަލުގެ ފަހުޖާގަ ކަށަވަރުކޮށްފިއެވެ.

ކަރަބޯ ކަޕްގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގައި މީގެކުރިން ލިވަރޕޫލުގެ ދަނޑުގައި ކުޅުނު މެޗުން 1-0 އިން މޮޅުވެ، ޓޮޓްނަމް މިމެޗަށް ނިކުތީ ސެމީގެ ފޭވަރިޓުންގެ ގޮތުގައެވެ. ޓޮޓްނަމްގެ އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗު ލިވަރޕޫލުން ކާމިޔާބުކުރީ 4-0 އިންނެވެ.

ރޭގެ މެޗުގައި ގޯލުތައް ޖަހައިދީފައިވަނީ ގަކްޕޯއާއި ސަބޮޒްލައި އާއި ވެންޑައިކްގެ އިތުރުން މުޙައްމަދު ސަލާޙުއެވެ. ސަލާހު ޖަހާފައިވަނީ ޕެނަލްޓީއެކެވެ. މިމޮޅާއެކު ލިވަރޕުލަށް ފައިނަލުން ޖާގަލިބެނީ 4-1 ގެ އެގްރިގޭޓުންނެވެ.

ކަރަބޯ ކަޕް ފައިނަލަށް އަނެއްކޮޅުން ދަތުރުކޮށްފައިވަނީ ނިއުކާސަލްއެވެ. ނިއުކާސަލް ވަނީ ސެމީގެ ދެލެގުގައި އާރސެނަލް 4-0 ގެ އެގްރިގޭޓުން ބަލިކޮށްފައެވެ.

މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަން ޓީމަކީވެސް ލިވަރޕޫލެވެ. މިމުބާރާތް ލިވަރޕޫލުން މިހާތަނަށް 10 ފަހަރު ކާމިޔާބުކޮށްފައިވާއިރު، މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީވެސް ލިވަރޕޫލެވެ.

ކޮމެންޓް

871x217_placeholder