logo
Bank of Maldives

Bank of Maldives

ކުޅިވަރު

މިޔަރުގެ ހެޓްރިކާއެކު ބާސެލޯނާ ކޮޕަޑެލްރޭގެ ސެމީފައިނަލަށް ދަތުރުކޮށްފި

އަބްދުﷲ ޣާނިމް
7 ފެބްރުއަރީ 2025 - 09:27
ފެރާން ޓޮރޭސް (ޝާކު) ވަނީ މިމެޗުގައި ހެޓްރިކް ހަދާފައި. ފޮޓޯ: ބާސެލޯނާ
ފެރާން ޓޮރޭސް (ޝާކު) ވަނީ މިމެޗުގައި ހެޓްރިކް ހަދާފައި. ފޮޓޯ: ބާސެލޯނާ

ސްޕެނިޝް ކޮޕަޑެލްރޭގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ. ރޭގައި ކުޅުނު ކުއާޓަރ ފައިނަލުގައި ބާސެލޯނާއިން ވަނީ ވެލެންސިއާ ގެ މައްޗަށް 5-0 އިން ކުރިހޯދާފައެވެ.

ވެލެންސިޔާގެ މަސްޓާޔާގައި ކުޅެވުނު މިމެޗުގެ ތިންވަނަ މިނެޓުގައި ފެރާން ޓޮރޭސް (ޝާކު) ވަނީ ގޯލު ފީސްޓް ހުޅުވާލާފައެވެ. އަދި އޭގެ 15 މިނެޓުފަހުން ޝާކު ދެވަނަ ގޯލުޖެހިއިރު، 30 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ޝާކު ވަނީ އޭނާގެ ކުރީގެ ޓީމާއި ދެކޮޅަށް ހެޓްރިކް ހަދާފައެވެ. ފެރާން އޭނާގެ ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ ވެލެންސިއާއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމެޗުގައި ފަރމިން ލޮޕޭޒް އާއި ޔަމާލް ގޯލުޖެހިއިރު، ރަފީނިޔާ ވަނީ ދެ އެސިސްޓު ހަދާފައެވެ.

މިމުބާރާތުގެ ސެމީގެ ފަހުމެޗުގައި ރޭގައި ރެއާލް ސޮސައިޑޭޑް ވަނީ އޮސަސޫނާގެ މައްޗަށް 2-0 އިން ކުރިހޯދައި ސެމީ ޖާގައެއް ހޯދާފައެވެ. ސެމީގެ ޖާގަ ކަށަވަރުކޮށްފައިޥާ އަނެއް ޓީމުތަކަކީ އެތްލެޓިކޯ އާއި ރެއާލް މެޑްރިޑެވެ.

މުބާރާތުގެ ދެލެގުގެ މައްޗަށް އެކުލެވޭ ސެމީފައިނަލުގެ ގުރުއަތުލުން އޮންނާނީ މިމަހުގެ 12 ވަނަ ދުވަހުގައެވެ.

މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެންޕިއަނުންނަކީ އެތްލެޓިކް ކުލަބެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެލް ކްލެސިކޯގެ ކުޑަވަގުތުކޮޅެއް ކުރިން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްގެ ބައްޕަ ނިޔާވެއްޖެކުޅިވަރު | 5 ގަޑިއިރު ކުރިންއޮސަސޫނާ އަތުން މޮޅުވެ ބާސެލޯނާއިން ކުރިޔަށް އޮތް އެލްކްލެސިކޯއިން މޯޅުވެގެން ތަށި ހޯދުމުގެ ފުރުސަތުހޯދައިފިކުޅިވަރު | 8 ދުވަސް ކުރިންގެޓާފޭ ބަލިކޮށް ބާސެލޯނާއިން ލަލީގާ ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފިކުޅިވަރު | 15 ދުވަސް ކުރިންފަހުވަގުތު ބައިކޮޅަށްވަތްގޯލާއެކު ރެއާލް މެޑްރިޑުން ލަލީގާ ތަބަކަށްލާފައި ބާސާއަށްދީފިކުޅިވަރު | 16 ދުވަސް ކުރިން