logo
Bank of Maldives

Bank of Maldives

ރިޕޯޓް

ރިޔާސީ ބަޔާން 2025: އިގްތިސޯދީ ދުޅަހެޔޮކަމުން އުފާވެރިކަން

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ފެބްރުއަރީ 2025 - 02:11
ރިޔާސީ ބަޔާން : އިގްތިސޯދީ ދުޅަހެޔޮކަމުން އުފާވެރިކަން

ރައީސް ޑރ. މުހައްމަދު މުޢިއްޒު ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެޅުއްވި މުހިންމު ފިޔަވަޅުތަކާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ޤައުމުގެ އެކި ދާއިރާތައް ކުރިއަރުވައި، ފާގަތި މުސްތަޤްބަލެއް ހޯދުމަކީ ސަރުކާރުގެ އެންމެ މުހިންމު އަމާޒެވެ.

މި ރޮނގުން ރައީސް ދެއްކެވި ވާހަކަފުޅުގެ ޚުލާޞާއަކަށް ބަލާއިރު،

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރު އިގްތިސާދު 6.4 އިންސައްތަ ކުރިއަރާނެ

ރައީސް ވިދާޅުވިގޮތުގައި މި 2025 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 6.4 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކުރެވެއެވެ. މިއީ 2024 ވަނަ އަހަރަށްވުރެ ހަލުވި ކުރިއެރުމެކެވެ.

ރަސްމީ ރިޒަރވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ

ރައީސް ވިދާޅުވެފައިވަނީ ދައުލަތުގެ ރަސްމީ ރިޒަރވްގެ ޙާލަތަށް ބަލާއިރު، 2024 ވަނަ އަހަރު ނިމުނުއިރު ރިޒަރވްގައި 673.2 މިލިއަން އެމެރިކާއަން އެމެރިކާ ޑޮލަރު ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ. އަދި 2025 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒަރވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް އުންމީދުކުރެވޭކަމަށް ވިދާޅުވިއެވެ.

ބޭރު ފައިސާގެ ބާޒާރުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް

ރައީސް ވިދާޅުވީ، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމާއި، ބޭރު ފައިސާގެ ބާޒާރުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަކީ ސަރުކާރުގެ އިސް އަމާޒެކެވެ. މިގޮތުން، ބޭރު ފައިސާއާބެހޭ ޤާނޫނެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަކީ މުހިންމު ފިޔަވަޅެކެވެ. މި ޤާނޫނުގެ ސަބަބުން ކައިރި މުސްތަޤްބަލުގައި ދައުލަތުގެ ރިޒަރވަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ އަސަރުތަކެއް ކުރާނެކަމަށް ބެލެވޭކަމަށް ވިދާޅުވިއެވެ.

2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށާއި، އަދި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިންނަށް މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ދިވެހިންނަށް ލިބޭ ޑޮލަރުގެ އަދަދު އިތުރުކުރުމާއި، ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކުރުމުގެ ޕްލޭންތައް ވެސް ވަނީ އެކުލަވާލެވިފާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު،2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށްއިތުރުކުރެވޭނެކަމަށާއި، އަދި 2026ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ކްރެޑިޓްކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޤާނޫނު ތަންފީޒުކުރުމުގައި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ސިޓީހޮޓާތަކުގެ އެއްބާރުލުން ލިބުމަކީ މުހިންމުކަމެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ. މި ޤާނޫނުގެ ސަބަބުން ބޭރުފައިސާގެ ގަވާއިދުތައް ތަންފީޒުކުރަން ފަސޭހަވެ، ބޭންކިންގ ނިޒާމުގައި ދައުރުވާ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެކަމަށާއި، މިއާއެކު، އަމިއްލަ ވިޔަފާރިތަކާއި އާންމު ފަރުދުންނަށް ޑޮލަރު ލިބުން ފަސޭހަވެ، އަގުތައް ސްޓެބިލައިޒްވެގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންގެ މެދުގައި ވާދަވެރި އަދި ޝައުޤުވެރި މަންޒިލަކަށް ވެގެންދާނެ

މީގެއިތުރުން، 45 އަހަރަށްފަހު ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ދިވެހިރާއްޖެއަކީ ބޭރުގެ އިންވެސްޓަރުންގެ މެދުގައި ވާދަވެރި އަދި ޝައުޤުވެރި މަންޒިލަކަށް ވެގެންދާނެކަމަށް ޔަޤީންކުރެވޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބޭނެއެވެ.

އިގްތިސާދުގެ ދުޅަހެޔޮކަމުގެ އުފާވެރިކަން

ރައީސްގެ މި ވާހަކަފުޅުން ދިވެހިރާއްޖޭގިރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަން އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ރަސްމީ ރިޒަރވް އިތުރުވުމާއި، އިޤްތިޞާދީ ދުވެލި ހަލުވިވުމާއި، ބޭރު ފައިސާގެ ބާޒާރަށް ގެނެވޭ އިޞްލާޙުތަކާއި، ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވޭ ފުރުޞަތުތަކަކީ މި ކުރިއެރުންތަކުގެ މައިގަނޑު ސަބަބުތަކެވެ. މި ހުރިހާ ކަމަކުން ވެސް ދައްކުވައިދެނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މުސްތަޤްބަލު އުޖާލާކަމެވެ.

ސަރުކާރުން އަޅަމުންދާ މި ފިޔަވަޅުތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އާމްދަނީ އިތުރުވެ، އަދި ޤައުމުގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުވެގެންދާނެކަމަށް އުންމީދުކުރެވެއެވެ. މި ހުރިހާ ކަމަކީ ވެސް ދިވެހިރާއްޖޭގެ އިޤްތިޞާދީ ދުޅަހެޔޮކަމުން ލިބޭ އުފާވެރިކަމުގެ ހެއްކެވެ.

ސަރުކާރުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ޤައުމުގެ އިޤްތިޞާދު ކުރިއަރުވައި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ފާގަތި މުސްތަޤްބަލެއް ބިނާކުރުންކަމަށް ވީހިނދު، މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެއެވެ. އެހެންވެއްޖެނަމަ، މި މަސައްކަތްތަކުގެ ނަތީޖާ ކައިރި މުސްތަޤްބަލެއްގައި ފެންނާނެކަމާމެދު ޝައްކެއް ނެތެވެ.

                   

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ދެއްވީ، ސޮއިކުރި މަޝްރޫޢުތަކާ ހަވާލުވި ކުންފުނިތަކަށް ގަވައިދުން ފައިސާ ލިބޭނެކަމުގެ ޔަގީންކަންޚަބަރު | 3 ގަޑިއިރު ކުރިންބަނގުރޫޓު ކޮށްލަން ޑިޒައިންކޮށްފަ އޮތް އިގްތިސާދު ކޮޅަށް ޖަހައި، ޕްރައިވެޓް ސެކްޓަރގެ އިތުބާރު ހޯދިއްޖެ: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންމިއީ ރެކޯޑެއް: އެއް ދުވަސް ތެރޭ 206 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކަށް، ހުރިހާ ފައިދާއެއް ދިވެހިންނަށްޚަބަރު | 4 ގަޑިއިރު ކުރިންހަންކެޑެގައި އާ މަޝްރޫއެއް ހިންގަން ފުރުސަތު ދިނީ ތުރުކީގެ އިންވެސްޓަރަކަށް: ރައީސްޚަބަރު | 5 ގަޑިއިރު ކުރިން