logo
ޚަބަރު

ގއ. ވިލިނގިލީގައި ދެމައިން މަރުވި މައްސަލަ އަވަހަށް ތަހުގީގު ކުރުމަށް ގޮވާލާ އިހުތިތާޖް ކުރަނީ

ހުސައިން ވަސީމް
8 ފެބްރުއަރީ 2025 - 13:00
ގއ. ވިލިނގިލީގައި ދެމައިން މަރުވި މައްސަލަ އަވަހަށް ތަހުގީގު ކުރުމަށް ގޮވާލާ އިހުތިތާޖް ކުރަނީ

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލުން ދެމައިން މަރުވި މައްސަލަ އިންސާފު ހޯދައި ދިނުމަށް އެދި އެ ރަށުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.

އެ މައްސަލާގައި އިންސާފުވެރި ތަހުގީގެއްކޮށް އިހުމާލުވި ބަޔަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާ ގއ ވިލިނގިލީ ހޮސްޕިޓަލް ކައިރިއަށް އެރަށުގެ ރައްޔިތުން ވަނީ އެއްވެ އިހުތިޖާޖު ކޮށްފަ އެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ އެކި ޝުއޫރުތައް ލިޔެފައިވާ ބެނާ ތަކާއި ޕޯށްޓަރުތައް ހިފައިގެން ރަށުގައި ހިނގާލާފަ އެވެ. އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުންދިޔައީ ދެމައިންގެ މަރުގެ މައްސަލަ އަވަހަށް ތަހުގީގުކޮށް، އިންސާފު ހޯދައި ދިނުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ggw.jpg

gggg.jpg

 

 

އިއްޔެ ގއ. އަތޮޅު ހޮސްޕިޓަލަށް ވިހެއުމަށް ދިޔަ އަންހެނަކަށް ސިޒޭރިއަން ހެދުން ލަސްވެ ދެމައިން ވަނީ ނިޔާވެފައެވެ. އެގޮތުން އެ ދެމައިން ނިޔާވީ ހޮސްޕިޓަލުން ދޭންޖެހޭ ފުރިހަމަ ފަރުވާ ނުދެވި، ލަސްކުރުމުގެ ސަބަބުން ކަމަށް ބުނެ އެ ރަށުގައި ޢާންމުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، އަންހެންމީހާ ނިޔާވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެންދިޔުމަށް އެއާޕޯޓަށް ވެސް ގެންދިޔަ ފަހުންނެވެ. ދަރިފުޅު ނިޔާވީ މާލެ ގެނައި ފަހުންނެވެ.

ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާޢީ ތަހުގީގެއް ހިންގާ، އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ޤާނޫނީ ފިޔަވަޅު އަޅަނެ ކަމަށް ހޯމް މިނިސްޓާ އަލީ އިހުސާން ވަނީ ވިދާޅުވެފަ އެވެ.

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޭރީ އިންޓަރ އޮފީސް ފައިގެތަޅާ މުބާރާތް ފަށަން ތައްޔާރުވެއްޖެކުޅިވަރު | 4 މަސް ކުރިންގއ. ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް 3 ގެ %54 މަސައްކަތް ނިންމާލައިފިޚަބަރު | 4 މަސް ކުރިންގއ. ވިލިނގިލީގައި ދެމައިން މަރުވި މައްސަލަ އަވަހަށް ތަހުގީގު ކުރުމަށް ގޮވާލާ އިހުތިތާޖް ކުރަނީ ޚަބަރު | 6 މަސް ކުރިންގއ. ވިލިނގިލީގައި ދެމައިން މަރުވި މައްސަލަ: ޖިނާޢީ ތަހުގީގެއް ފަށަނީޚަބަރު | 6 މަސް ކުރިން