logo
ކުޅިވަރު

މޭރީ އިންޓަރ އޮފީސް ފައިގެތަޅާ މުބާރާތް ފަށަން ތައްޔާރުވެއްޖެ

އަބްދުﷲ ޣާނިމް
30 އޭޕްރީލު 2025 - 07:32
މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއަޔާތުގެ ތެރެއިން .
މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއަޔާތުގެ ތެރެއިން .

މޭރީ ސްޕޯރޓްސް ކުލަބުގެ 2025 ވަނަ އަހަރުގެ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ ފުރަތަމަ ހަރަކާތް ކަމަށްވާ މޭރީ އިންޓަރ އޮފީސް ފައިގެތަޅާ މުބާރާތް ފަށަން ތައްޔާރުވެއްޖެއެވެ. މިމުބާރާތް މެއި މަހުގެ 1 ގައި ފަށަން ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މެއި މަހުގެ 9 ވަނަ ދުވަހުގައެވެ.

ގއ. ވިލިނގިލީގެ ސެކްޓަރ ތަކަށް އަމާޒުކޮށްގެން ބާއްވަން ހަމަޖެހިފައިވާ ފައިގެތަޅާ މުބާތާރުގެ މިއަހަރުގެ އެޑިޝަންގައި އަންހެން 8 ޓީމާއި ފިރިހެން 10 ޓީމެއް ބައިވެރިވެފައިވެއެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމުތަކަކީ:

Ad by Hajj Corporation

Ad by Hajj Corporation

  ކޫއްޑޫ ރެކްރިއޭޝަން ކުލަބް | އެސް.ޓީ.އޯ | ގާހް ރެކްރިއޭޝަން ކުލަބް | ވިލި-ޕޮލިސް ކްލަބް | ފެނަކަ | އާރ.ޑީ.ސީ ގެ ދެޓީމު | ވިލިނގިލި ކައުންސިލް | ކޫއްޑޫ އެއަރޕޯޓް | ޓީމު ބަދަހި

މުބާރާތުގެ ދެޑިވިޝަންވެސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގްރޫޕެއްގެ އެންމެ 1 ވަނަ އަދި ދެވަނަ ތީމުގެ ދެމެދުގައި ސެމީއެއް ކުޅެ ފައިނަލެއް ކުޅެވޭނެއެވެ.

494148761_1266892922109536_1791132757929858196_n.jpg

މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މޭރީ ސްޕޯރޓްސް ކުލަބު

 

މިމުބާރާތުގެ މަޤުސަދަކީ ވިލިނގިލީގެ ސެކްޓަރ ތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ރަށު ރައްޔިތުންގެ މެދުގައި ރަށު ރޫޙު އާލާކުރުންކަމުގައި މުބާރާތް އިންތިޒާމް ކުރާ ފާރާތުން ހާމަކުރެއެވެ.

މިމުބާރާތުގެ އިތުރުންވެސް މޭރީ ސްޕޯރޓްސް ކުލަބުން ރަށު ކައުންސިލާއި ގުޅިގެން މިއަހަރު ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ރޭވިފައިވެއެވެ. މެރީ ސްޕޯރޓް ކުލަބުން ވަނީ ވޭތުވެ ދިޔަ 2 އަހަރުވެސް ވިލިނގިލީ ކައުންސިލުން ހޮވި އެންމެ ހަރަކާތްތެރި ޖަމިއްޔާގެ ގޮތުގައި ހޮވިފައެވެ.

65715510-7c9d-4357-a2be-9cd042f1b5db.jpg

އެންމެ ހަރަކާތްތެރި ކުލަބްގެ އެވޯޑް

 

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޭރީ އިންޓަރ އޮފީސް ފައިގެތަޅާ މުބާރާތް ފަށަން ތައްޔާރުވެއްޖެކުޅިވަރު | 4 މަސް ކުރިންގއ. ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް 3 ގެ %54 މަސައްކަތް ނިންމާލައިފިޚަބަރު | 4 މަސް ކުރިންގއ. ވިލިނގިލީގައި ދެމައިން މަރުވި މައްސަލަ އަވަހަށް ތަހުގީގު ކުރުމަށް ގޮވާލާ އިހުތިތާޖް ކުރަނީ ޚަބަރު | 6 މަސް ކުރިން