ގއ. ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް 3 ގެ %54 މަސައްކަތް ނިންމާލައިފި
6 އޭޕްރީލު 2025 - 08:52

ގއ. ވިލިނގިލި ބަނދަރުގެ ތިން ވަނަ ފިޔަވަހީގެ ގެ 54 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫޢުގެ އަދާހަމައަށް ބަލާއިރު، ބަނދަރުގެ ސޭންޑްފިލް ބްރޭކްވޯޓަރުގެ ކީވޯލް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓް ރިޕްރޮފައިލިންގެ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތުގެ ފޭސް ތިނެއްގެ 54 އިންސައްތަ ވަނީ ނިންމާލާފައެވެ.

Ad by Hajj Corporation
ވުޒާރާއިން ހިންގާ މި މަޝްރޫޢު އަމަލީ ގޮތުން ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. މި ޕްރޮޖެކްޓު އެ ކުންފުންޔާއި ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
ގއ. ވިލިނގިލީ ބަނދަރު ހެދުމުގެ މަޝްރޫއު އަކީ 114 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ގއ. ވިލިނގިއްޔަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ރަށެކެވެ. އެހެންކަމުން ގިނަ އަދަދެއްގެ އޮޑި ދޯނިފަހަރު ގެންގުޅޭއިރު، އެ ރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ވެގެން ދިއުމަކީ އެރަށު ރައްޔިތުންގެ އުންމީދެކެވެ. އަތޮޅުގެ މަސްވެރިން ވިލިނގިލީގެ ބަނދަރު ބޭނުންކުރަމުންދާއިރު، މިމަޝްރޫއާއެކު ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.