logo
Bank of Maldives

Bank of Maldives

ރިޕޯޓް

ސަރުކާރުގެ ފިޔަވަޅުތަކާއެކު އިންފްލޭޝަން ދަށަށް، މިއަހަރު ވެސް އެ ގޮތުގައި ހިފެހެއްޓޭނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
8 ފެބްރުއަރީ 2025 - 14:02
ސަރުކާރުގެ ފިޔަވަޅުތަކާއެކު އިންފްލޭޝަން ދަށަށް، މިއަހަރު ވެސް އެ ގޮތުގައި ހިފެހެއްޓޭނެ

ރައީސް ޑރ. މުހައްމަދު މުޢިއްޒު ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، ދިރިއުޅުމުގެ ޚަރަދުތައް އިތުރުވިޔަނުދީ ހިފެހެއްޓުމަކީ އެމަނިކުފާނުގެ އިޤުތިޞާދީ ސިޔާސަތުތަކުގެ އެންމެ މުހިންމު އެއް އަމާޒު ކަމުގައި ފާހަގަކުރެއްވިއެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، ސަރުކާރުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

ފުރަތަމަ ފަހަރަށް ރޯދަމަހެއްގައި ކޮންމެހެން ބޭނުންވާ ތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފެއްޓުނު

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން، ރާއްޖޭގެ ބާޒާރުގެ އަގުތައް އެވަރެޖްކޮށް އެއް މިންވަރެއްގައި ހިފެހެއްޓުމަށް މިދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރެވުނެވެ. ޚާއްޞަކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް، 1445 ވަނަ އަހަރުގެ ރަމަޟާން މަހުގައި ކޮންމެހެން ބޭނުންވާ ތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފަހައްޓައި، ރައްޔިތުންނަށް ބޭނުންވާ މުދާ މެދުކެނޑުމެއްނެތި ލިބޭނެކަން ކަށަވަރުކޮށްދެވުނެވެ.

އިންފްލޭޝަން ރޭޓް ދަށްކުރެވު އަހަރެއް، މިއަހަރު ވެސް އެގޮތުގައި ހިފެހެއްޓޭނެ

މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް، ނުވަތަ ތަކެތީގެ އަގުތައް އެވަރެޖްކޮށް އިތުރުވެފައިވަނީ އެންމެ 0.8 އިންސައްތައިންނެވެ. މިއީ 2023 ވަނަ އަހަރު އިންފްލޭޝަން ހުރި މިންވަރު ކަމަށްވާ 2.9 އިންސައްތައަށްވުރެ ވެސް ދަށް މިންވަރެކެވެ. މި ކުޑަ އިންފްލޭޝަން ރޭޓަކީ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

ދުނިޔޭގެ ބާޒާރުގެ އަގުތަކާއި ރާއްޖޭގެ އިޤުތިޞާދީ ހާލަތު ބަދަލުވަމުންދާގޮތަށް ބަލައި، މިއަހަރުވެސް ރާއްޖޭގެ އިންފްލޭޝަން އިތުރުވިޔަ ނުދީ ހިފެހެއްޓޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ޚަރަދުބަރަދަށް ލުއިކަން ލިބި، އާންމު ތިޔާގިކަމަށް މަގުފަހިވާނެއެވެ.

''މިދިޔަ އަހަރު ރާއްޖޭގެ އިންފްލޭޝަން، ނުވަތަ ތަކެތީގެ އަގުތައް އެވަރެޖްކޮށް އިތުރުވެފައިވަނީ 0.8 އިންސައްތައިން. މިއީ 2023 ވަނަ އަހަރު އިންފްލޭޝަން ހުރި މިންވަރު ކަމަށްވާ 2.9 އިންސައްތައަށްވުރެ ދަށް މިންވަރެއް. އަދި ދުނިޔޭގެ ބާޒާރުގެ އަގުތަކާއި ރާއްޖޭގެ އިޤުތިޞާދީ ހާލަތު ބަދަލުވަމުންދާގޮތަށް ބަލައި، މިއަހަރުވެސް ރާއްޖޭގެ އިންފްލޭޝަން އިތުރުވިޔަ ނުދީ އިރާދަކުރެއްވިއްޔާ ހިފެހެއްޓޭނެ.  އެކަމުން ރައްޔިތުންގެ ޚަރަދުބަރަދަށް ލުއިކަން ލިބި، އާންމު ތިޔާގިކަމަށް މަގުފަހިވާނެ. އަދި ކުރިއަށް އޮތް ރަމަޝާން މަހުގައިވެސް، ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަށް އަގުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު މި ގެންދަނީ އަޅަމުން.'' ރައީސް މުޢިއްޒު،

އަދި ކުރިއަށް އޮތް ރަމަޟާން މަހުގައިވެސް، ބާޒާރުގެ އަގުތައް ބޮޑުނުވާނެ ގޮތަށް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރު ވެސް ސަރުކާރުން ދަނީ އަޅަމުންނެވެ. މި ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންނަށް ކުރިއަށް އޮތް ރަމަޟާން މަހުގައި ވެސް ތަކެތީގެ އަގުތަކަށް ލުޔެއް ލިބޭނެ ކަމަށް އުންމީދުކުރެވެއެވެ.

ސަރުކާރުގެ އިޤުތިޞާދީ ސިޔާސަތުތަކާއި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ ދަށްވެފައެވެ. އަދި މިއަހަރު ވެސް އެގޮތުގައި ހިފެހެއްޓިގެން ދިޔުމަކީ ގައުމުގެ ފުދުންތެރިކަން އިތުރުވެސް ރައްޔިތުންގެ ޖީބަށް ލުއިކަން ލިބިދޭނެކަމާމެދު ޝައްކެއްނެތެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލަކުގެ އުންމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފިޚަބަރު | 3 ގަޑިއިރު ކުރިން''މުސާރަ ބޮޑުކުރީ ބޮޑު ދިރާސާއަކަށްފަހު، ބާކީ ހުރި ދާއިރާތަކުގެ މުވައްޒަފުންނަށް އަންނަ އަހަރު މުސާރަ ބޮޑުވާނެ''ޚަބަރު | 3 ގަޑިއިރު ކުރިން''ގިނަ ވައުދުތަކެއް ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ތަރުތީބުކުރެވިފައި''ޚަބަރު | 4 ގަޑިއިރު ކުރިންރައީސް، ފުވައްމުލަކުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިޚަބަރު | 6 ގަޑިއިރު ކުރިން