logo
Bank of Maldives

Bank of Maldives

ޚަބަރު

ބައެއް ބޭސް ނުލިބޭ މައްސަލަ ހައްލުކޮށްދޭން އެދިއްޖެ

އާމިނަތު ޝަފާ
9 ފެބްރުއަރީ 2025 - 04:16
ބައެއް ބޭސް ނުލިބޭ މައްސަލަ ހައްލުކޮށްދޭން އެދިއްޖެ

އެސްޓީއޯ ފާމަސީތަކުން ބައެއް ބޭސް ނުލިބޭތީ އެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް( ކުޑޫ) ގޮވާލައްވައިފިއެވެ.

މެމްބަރު ވަނީ މިކަމަށް އަވަސް ހައްލެއް ހޯއްދަވާދެއްވުމަށްއެދި އާސަންދަ ކުންފުނީގެ މެނޭޖިންޑިރެކްޓަރު އާމިނަތު ޒީނިއާއަށް ސިޓީއެއް ފޮނުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިޓީގައި ޑޮކްޓަރުން ލިޔެދޭ ބޭސް އަމިއްލަ ފާމަސީތަކުން އާސަންދައިގެ ދަށުން ނުލިބޭ ކަން ފާހަގަކޮށް ބައެއް ބާވަތުގެ ބޭސް އެއްގޮތަކަށްވެސް ރާއްޖޭން ނުލިބޭ ކަމަށާއި މިއީ އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންގެ ކަންބޮޑުވުމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޑޮކްޓަރުން ލިޔެދޭ ބޭހުގެ ޑޯޒޭޖު ހަމައަށް ނުލިބޭ މައްސަލަވެސް އާންމުވެފައިވާ ކަމަށް ވިދާޅުވެ ދާއިމީގޮތެއްގައި ބޭސްކާންޖެހޭ މީހުންގެ ތެރެއިން ހަކުރު ބަލި، ކެންސަރު އަދި ލޭގެ ޕްރެޝަރު ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އަބަދުވެސް ލިބޭނެގޮތް ހަމަޖެހިފައި ހުންނަންޖެހޭނެ އެއްޗެހިކަން ސިޓީގައި މެމްބަރުވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ބޭސް ލިބުމުގައި ދަތިކަން ކުރިމަތިވެފައިވަނީ ކީއްވެގެންކަން ސާފުކޮށްދީ އެކަން ހައްލުކުރަން އަވަސް ފިޔަވަޅު އަޅައިދިނުމަށް ވަނީ ގޮވާލައްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަތީ ތައުލީމުގެ އިތުބާރު ހިފެހެއްޓުމަށް، މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިޚަބަރު | މަހެއް ކުރިންބޭސް ސިޓީ ފޯޖްކޮށްގެން ބައްޕަގެ ނަން މަތީގައި އޮޅުވާލައިގެން ބޭސް ނެގި މައްސަލައެއް ޚަބަރު | މަހެއް ކުރިންކްލިނިކުތަކާއި އައިނު ފިހާރަތަކުން ހައްދާ އައިނުތަކަށް އާސަންދަ ދެނީޚަބަރު | 2 މަސް ކުރިންއިންސިއުލިން ދިނުން ހުއްޓާލައިފައެއް ނުވާނެ: އާސަންދަޚަބަރު | 6 މަސް ކުރިން