ބަޖެޓް 2025: ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް

09 ފެބްރުއަރީ 2025 - 12:27
ރައީސް ޑރ. މުހައްމަދު މުޢިއްޒު ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުން ދިވެހިންނަށް ގިނަ ގުނަ އުންމީދާއި އުފާވެރިކަން ލިބިގެން ދިޔައިރު، އެ އުފާވެރިކަމުގެ ތެރެއިން އެއްކަމަކީ، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އައު މަގެއް ފަހިކުރުމުގެ ގޮތުން، ސަރުކާރުން ޑިޖިޓަލް އިކޮނޮމީގެ ދާއިރާއަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެމުންދާކަން ރައީސް ހާމަކުރެއްވި ހާމަކުރެއްވުމެވެ.
މި ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަކުރަށްވާފައި ވަނީ، 2030 ވަނަ އަހަރާ ހަމައަށް ދާއިރު ޤައުމުގެ އުފެއްދުންތެރިކަމުގެ މިންގަނޑުގައި އައި.ސީ.ޓީ ދާއިރާގެ ޙިއްޞާ 15 އިންސައްތައަށް މަތިކުރުމަށް ލަނޑުދަނޑިއެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް
ރައީސް ފާހަގަކުރެއްވި ގޮތުގައި ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަށްޓަކައި، ސަރުކާރުން ވަނީ އެތައް މުހިންމު މަސައްކަތްތަކެއް ފަށައިގަނެފައެވެ. މީގެ ތެރޭގައި ސަރުކާރުގެ ޓެކްނޮލޮޖީ ގަވަރނަންސް ހަރުދަނާކުރުމާއި، ޑިޖިޓަލް އައިޑެންޓިޓީ ކާޑު ތަޢާރަފްކުރުމާއި، ޑޭޓާ ޝެއަރިންގ ޕްލެޓްފޯމެއް ބިނާކުރުމާއި، އަދި ސައިބަރ ސެކިއުރިޓީ ހަރުދަނާކުރުން ފަދަ ކަންކަން ހިމެނެއެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރެވޭ އީ-ފާސް އަކީ ޑިޖިޓަލް އައިޑީއެއްގެ ގޮތުގައި ތަރައްޤީކުރެވިފައިވާ ނިޒާމެއް ނަމަވެސް، މިއީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އެންމެ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ތަރައްޤީކުރެވިފައިވާ ނިޒާމެއް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި ދާއިރާ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ތަރައްޤީކޮށް ކުރިއެރުވުމަކީ މުހިންމު ކަމެއްކަން ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ޑިޖިޓަލް އިކޮނޮމީގެ މަންފާތަކުގެ ތެރޭގައި ކޮރަޕްޝަން މަދުކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެންނަން ފެށުމާއި، އަދި އިދާރީ މަސައްކަތްތަކުގައި އިސްރާފުވާ ވަގުތު ސަލާމަތްކުރެވުން ހިމެނެއެވެ. މީގެ އިތުރުން، ރައްޔިތުންނަށް އެމީހުންގެ އަމިއްލަ މަޢުލޫމާތުތަކަށް ފަސޭހައިން އެކްސެސް ލިބި، އެ މަޢުލޫމާތުތަކަށް ގެނެވޭ ބަދަލުތައް ބެލުމުގެ ފުރުޞަތު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ގޮތުގައި، މި ޑިޖިޓަލައިޒޭޝަންގެ ނިޒާމަކީ ހަމައެކަނި ވަކި އޮފީހެއް ނުވަތަ މުއައްސަސާއެއްގައި ޤާއިމުކުރެވޭ އެއްޗެއް ނޫނެވެ. މިއީ ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގައި، އެއް މިންގަނޑަކަށް، އެއްގޮތަކަށް ޤާއިމުކުރެވޭނެ ނިޒާމެކެވެ.
ޑިޖިޓަލް އިކޮނޮމީގެ ސަބަބުން ލިބޭނެ މުހިންމު މަންފާތައް
1. ކޮރަޕްޝަން މަދުކުރުން
2. ސަރުކާރުގެ ޚިދުމަތްތައް ހާމަކަން ބޮޑު ގޮތެއްގައި ފޯރުކޮށްދިނުން
3. އިދާރީ މަސައްކަތްތަކުގެ ހަލުވިކަން އިތުރުވުން
4. ރައްޔިތުންގެ އަމިއްލަ މަޢުލޫމާތުތަކަށް ފަސޭހައިން އެކްސެސް ލިބުން
5. ސަރުކާރުގެ ޚިދުމަތްތަކުގެ ފެންވަރު މަތިވުން
6. އައި.ސީ.ޓީ ދާއިރާގެ ވަޒީފާގެ ފުރުޞަތުތައް އިތުރުވުން
މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ތަންފީޛުކުރުމަށްޓަކައި، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން އެންމެހާ ދިވެހި ރައްޔިތުންގެ އެއްބާރުލުމާއި ތާއީދު ބޭނުންވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
މި ސަރުކާރުގެ މި އަމާޒާއެކު ވެގެންދާނީ ޑިޖިޓަލް އިކޮނޮމީގެ މަންފާތައް ދިވެހިންނަށް ފޯރުކޮށްދިނުމަކީ 21 ވަނަ ޤަރުނުގެ ދިވެހިރާއްޖެއަށް ގެނެވޭ މުހިންމު އިންޤިލާބީ ބަދަލަކަށެވެ. މި ބަދަލުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކަށް ލިބިގެންދާނެ ކުރިއެރުންތަކަކީ ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށްދޭނެ ކަންކަމެވެ. މި މަސައްކަތް ކާމިޔާބުކުރުމަށްޓަކައި، ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
7 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
7 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
7 މަސް ކުރިން