logo
Bank of Maldives

Bank of Maldives

ޚަބަރު

މަޖިލީހުގެ ރައީސްކަމަށް ގާސިމްގެ ޝައުގެއް ނެތް: ޖޭޕީ

އާމިނަތު ޝަފާ
10 ފެބްރުއަރީ 2025 - 07:11
މަޖިލީހުގެ ރައީސްކަމަށް ގާސިމްގެ ޝައުގެއް ނެތް: ޖޭޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝައުގުވެރިކަމެއް ނެތް ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

ރިޔާސީ ބަޔާން އިއްވެވި ދުވަހުގެ މެންދުރު ފަހުން ގާސިމް ވަނީ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މިދިޔަ ސަރުކާރުތަކަށް ފާޑު ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ވާހަކަތަކާ ގުޅިގެން ރޭ ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް އަބްދުއްﷲ ޔާމީން ވިދާޅުވީ، ގާސިމް އުޅުއްވަނީ މަޖިލީހުގެ ރިޔާސަތަށް ޝައުގުވެރިވެގެން ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅިގެން ޔާމީންގެ ވާހަކަތައް ދޮގުކުރައްވައި ޖޭޕީގެ އިސް ތަރުޖަމާނު އަލީ ޞާލިޙް މިއަދު ވިދާޅުވީ، މަޖިލީހުގެ ރައީސްކަން ހުސްވާން އުޅޭކަން ޔާމީނަށް އެނގިވަޑައިގެން ނަމަވެސް އެކަން އެ ބޭފުޅުންނަށް ނޭނގޭ ކަމަށެވެ.

ގާސިމް މަޖިލިސްކުރާ ގޭގައި ނޫސްވެރިންނާއި ބައްދަލު ކުރެއްވީ މިއަދުގެ ސިޔާސީ މަސްރަހާއި ގައުމުގެ ހާލަތާމެދު އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމަށްކަމަށް އަލީ ވިދާޅުވިއެވެ.

"ރައީސް ޔާމީނުގެ އަމިއްލަ ދުލުން ދޫވެއްސަށް ވަދެފައިވާ ތަކެތީގެ ހާލާލާއި ހާރާމުގެ ވާހަކަވެސް ދެއްކިތާއެވެ. އެމްއެމްޕީއާރުސީ ދަވާލުމަށް ހިންގި ބޮޑުވައްކަމުން ރެކެން އުޅުނަސް އެފައިސާ އަމިއްލަ ގެޔަށް ވައްދައިފިތާއެވެ. ވެރިކަމަށް އައިއިރު އަތުގައި އެކައްޗެއްވެސް ނެތެވެ. ފޭބިއިރު މަތިބަލައިލީމާ ތޮފި ވެއްޓޭވަރުގެ އިމާރާތާއި އަދިވެސް ލައްކަ ސާމާނު ހުއްޓެވެ. ކޮންތާކުން ތިލަވި މުއްސަނދިކަމެއް ހެއްޔެވެ. ލައްގަޅޭ ލައްގަޅޭ ގޮވަގޮވައި އިންދާ ލެއްގި ފައިސާ ހެއްޔެވެ. "

އެއްވެސް ވެރިކަމެއްގައި ނުހައްގު މުއްސަނދި ކަމެއް ހޯދުމަށް އޮނަރަބަލް ގާސިމް އިބްރާހީމް އެއްވެސް ބާވަތެއްގެ އަމަލެއް ނުހިންގަވާކަމަށާއި ނުގަވާއިދުން ހޯއްދެވި ފަޅެއް، ފަރެއް، ފިނޮޅެއް، ގިރިއެއް ބިމެއްވެސް ތަނެއްވެސް ފައިސާފޮށިގަނޑެއްވެސް ހޯއްދަވައިފައި ނުވާކަމަށް އަލީ ވިދާޅުވިއެވެ.

ޔާމީންގެ ވާހަކަތަކަކީ ގާސިމް އިބްރާހީމްގެ ނަންފުޅު ކިލަނބުކޮށްލަން ހަދަހަދައިގެން ދައްކާ ވާހަކަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

" ދޮގުވާނީ ދޮގަށެވެ. ހަގީގަތް އޮތީ ފެންނާށެވެ. އޮނަރަބަލް ގާސިމަކީ ދީލަތިކަމުގެ ނަމޫނާއެކެވެ. އާސަންދަޔާއި ބޭސްފަރުވާގެ ހިލޭއެހީގެ ނިޒާމު ނެތްޒަމާނުގައިވެސް އަމިއްލަފުޅު ޖީބުން ރައްޔިތުންނަށް ބޭސްފަރުވާގެ އެހީތެރިކަން ދެއްވީ އެމަނިކުފާނެވެ. ތައުލީމީ ޖީލެއް ބިނާކުރުމުގެ ދުރު ވިސްނުންފުޅާއެކު ފެއްޓެވި މަސައްކަތްޕުޅުން ވުޖޫދުކުރެއްވި އަލިކަންގަދަ ދަންމަރު އެހެރީ ފެންނާށެވެ. މިހެންގޮސް ލިސްޓު ވަރަށްވެސް ދިގު ކުރެވިދާނެއެވެ. އެހެނަސް ޔާމީނު އަބްދުލްގައްޔޫމު ކުރީ ކީއްހެއްޔެވެ؟"

ޔާމީން މިވާހަކަތައް ދެއްކެވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އެމަގާމުން ވަކިކުރަން އުޅޭކަމަށް ތުހުމަތު ކުރައްވާ ދައްކަވަމުންދާ ވާހަކަތަކާ ގުޅިގެންނެވެ. ނަމަވެސް މިކަން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވަނީ ދޮގުކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައުމު މިއަދު ހިފަހައްޓަނީ ރައީސް ޑރ. މުޢިއްޒުގެ ކުޅަދަނާކަމާއި ޤާބިލްކަމުން: ގާސިމްޚަބަރު | 4 ގަޑިއިރު ކުރިންލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ފައިދާއޮތީ ރައްޔިތުންނަށް: ގާސިމްޚަބަރު | 6 މަސް ކުރިންމަޖިލީހުގެ ރައީސްކަމަށް ގާސިމްގެ ޝައުގެއް ނެތް: ޖޭޕީ ޚަބަރު | އަހަރެއް ކުރިން