logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ޑީކޮންޖެޝަން ޕްރޮގްރާމްގެ ދަށުން 446 އުޅަނދު ނައްތާލައިފި

އާމިނަތު ޝަފާ
11 ފެބްރުއަރީ 2025 - 04:21
ޑީކޮންޖެޝަން ޕްރޮގްރާމްގެ ދަށުން 446 އުޅަނދު ނައްތާލައިފި

 ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ގިނަވެ، މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ކުރިއަށްގެންދާ 'ޑީކޮންޖެޝަން ޕްރޮގްރާމް' ގެ ދަށުން، މިހާތަނަށް ޖުމްލަ 446 އުޅަނދު ނައްތާލެވިފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީގެ ތަފާސްހިސާބު ދައްކާ ގޮތުން، މިހާތަނަށް މާލެ ސަރަހައްދަށް ރަޖިސްޓްރީކުރެވިފައިވާ 2 ފުރޮޅުލީ އުޅަނދުގެ އަދަދަކީ 106،792 (އެއް ލައްކަ ހަ ހާސް ހަތް ސަތޭކަ ނުވަދިހަ ދެ) އުޅަނދެވެ. އަދި 2023 ވަނަ އަހަރު 9،249 އުޅަނދު ރަޖިސްޓްރީ ކުރެވުނު އިރު، 2024 ވަނަ އަހަރު 8،400 އުޅަނދު ވަނީ ރަޖިސްޓްރީކޮށްފައެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 9.18 އިންސައްތައިގެ ދަށްވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކާރުތަކުގެ ރަޖިސްޓްރޭޝަނަށް ބަލާއިރު، މިހާތަނަށް މާލެ ސަރަހައްދަށް ރަޖިސްޓްރީކުރެވިފައިވާ ކާރުގެ އަދަދަކީ 7،553 އެވެ. 2023 ވަނަ އަހަރުގައި 1،148 ކާރު ރަޖިސްޓްރީކޮށްފައިވާ އިރު، 2024 ވަނަ އަހަރު ވަނީ 301 ކާރު ރަޖިސްޓްރީކޮށްފައެވެ. މިއީ 73.78 އިންސައްތައިގެ ދަށްވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ޕްރޮގްރާމް ފަށައިފައި ވަނީ މާލޭގެ މަގުތަކުގައި އުޅަނދުފަހަރު ގިނަވެ، ޓްރެފިކް މައްސަލަ ޙައްލުކުރުމަށެވެ. މި ޕްރޮގްރާމްގެ ދަށުން، ބޭނުންނުކުރާ އުޅަނދުފަހަރު ނައްތާލުމާއި، ޓޯ ކުރުން ހިމެނެއެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ކުރާނަމަ ހާއްސަ ހުއްދައެއް ނެގުން މަޖުބޫރުޚަބަރު | 2 މަސް ކުރިންއިތުރު އަތޮޅެއްގައި އަންނަ މަހު އާރްޓީއެލް ޚިދުމަތް ފަށަނީޚަބަރު | 2 މަސް ކުރިން60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސަކާއެކު ވެހިކަލް ދުއްވޭނެ!ޚަބަރު | އަހަރެއް ކުރިންރޯދަމަހު މާލޭގައި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލު ގެނެސްފި ޚަބަރު | އަހަރެއް ކުރިން