logo
Bank of Maldives

Bank of Maldives

ޚަބަރު

ވެލިދޫ ނައިޓް މާކެޓް ތަފާތު ހަރަކާތްތަކާއެކު މިފަހަރުވެސް ބާއްވަނީ

އާމިނަތު ޝަފާ
11 ފެބްރުއަރީ 2025 - 06:04
ވެލިދޫ ނައިޓް މާކެޓް ތަފާތު ހަރަކާތްތަކާއެކު މިފަހަރުވެސް ބާއްވަނީ

ވޭތުވެދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހަށް ޚާއްސަކޮށްގެން ނައިޓް މާކެޓެއް ބޭއްވުމަށް ވެލިދޫ ކައުންސިލުން ތައްޔާރުވާން ފަށައިފިއެވެ.

މި ނައިޓް މާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް، 2 ދުވަހަކަށް ބަހާލައިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މާކެޓުގައި ވެލިދޫއާއި، ނ. އަތޮޅުގެ އެހެނިހެން ވިޔަފާރިވެރިން ހިމެނޭހެން ޖުމްލަ 14 ސްޓޯލެއް ހިމެނޭއިރު، އެ ސްޓޯލްތަކުން ބަދިގެ ސާމާނު، އަންނައުނު، އަދި ކާބޯތަކެތީގެ އިތުރުން އެހެނިހެން އިމްޕޯޓް މުދާ ލިބެން ހުންނާނެއެވެ.

މީގެއިތުރުން، މިމާކެޓުގެ 2ވަނަރޭ މުޅިން އަލަށް ކައުންސިލުން އިންތިޒާމުކޮށްގެން ޢާއްމުކޮށް ހުޅުވާލައިގެން ޑިނަރނައިޓެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ޑިނަރ ނައިޓުގައި ވިދަމުން އަންނަ ލަވަކިޔުންތެރިޔާ، އަދުހަމްގެ ލައިވް މިއުޒިކް ޝޯވއެއްވެސް ކުރިޔަށްދާނެކަމަށް ކައުންސިލުން ހާމަކުރެއެވެ.

ގޫގުލް ފޯމު މެދުވެރިކޮށް ޑިނަރ ނައިޓްގެ ޓިކެޓް ބައްލަވައިގަތުމުގެ ފުރުޞަތުވަނީ މިހާރު ޢާއްމުކޮށް ހުޅުވާލެވިފައެވެ. ޓިކެޓް ބައްލަވައިގަންނަ ފަރާތްތަކަށް 2 ވައްތަރެއްގެ ޓިކެޓް ބައްލަވައިގަތުމުގެ އިޚްތިޔާރު ލިބިލައްވާނެއެވެ. ޑިނަރނައިޓްގެ މެނޫ ގޫގުލް ފޯމުގައި ހިމެނިފައިވާނެއެވެ.

ގޫގުލް ފޯމް ލިންކް: https://forms.gle/5Tefcjw73VUTQTTo6

ޑިނަރ ނައިޓުން ކައުންސިލަށް ލިބޭ އާމްދަނީ ބޭނުންކުރެވިގެންދާނީ ރައްޔިތުންނަށް މަންފާކުރަނިވި ހަރަކާތްތަކާއި، މަޝްރޫޢުތައް ހިންގުމަށްކަށް ވުމާއެކު، ވީހާވެސް ގިނަ ފަރާތްތަކަކުން ޑިނަރ ނައިޓްގެ ޓިކެޓް ބައްލަވައިގަތުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

މީގެ އިތުރުންވެސް، ކައުންސިލްގެ މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ވެލިދޫ ނައިޓް މާކެޓަކީ ވެލިދޫގެ ރައްޔިތުންނަށް ހެޔޮ އަގުގައި އެއްތަނަކުން ވިޔަފާރިކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މުދާ ވިއްކުމުގެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަޤްސަދުގައި އާއްމުކޮށް ހުޅުވާލެވިގެން 2022ވަނަ އަހަރުން ފެށިގެން ސިލްސިލާގޮތެއްގައި ކުރިއަށް ގެންދަމުން އަންނަ ނައިޓް މާކެޓެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް މުބާރާތް 3 މެއި ގައި ފަށަނީ ކުޅިވަރު | 9 މަސް ކުރިންވެލިދޫ ނައިޓް މާކެޓް ތަފާތު ހަރަކާތްތަކާއެކު މިފަހަރުވެސް ބާއްވަނީ ޚަބަރު | އަހަރެއް ކުރިން