logo
Bank of Maldives

Bank of Maldives

ޚަބަރު

ބައެއް ކައުންސިލުތަކުން އަންހެނުން ކޮމެޓީގެ މެމްބަރުން ދެކެނީ މަސައްކަތު ބައެއްގެ ގޮތުގައި

އަޙްމަދު ޒަލީފް
11 ފެބްރުއަރީ 2025 - 12:27
ބައެއް ކައުންސިލުތަކުން އަންހެނުން ކޮމެޓީގެ މެމްބަރުން ދެކެނީ މަސައްކަތު ބައެއްގެ ގޮތުގައި

ބައެއް ކައުންސިލްތަކުން އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަކީ މަސައްކަތުގެ މީހުންގެ ދަރަޖައިގެ ބައެއްކަމަށް ގަބޫލުކުރަމުން އައި ކަމަށާއި ނަމަވެސް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ސަބަބުން އެ ކޮމިޓީގެ މެންބަރުންގެ ދައުރާއި މަސްއޫލިއްޔަތު ހާމަވެގެންދާކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތުމަތު ސަޢުދާ ވިދާޅުވެއްޖެއެވެ.

ސަރުކާާރުން ވަނީ ރަށްތަކާއި ސިޓީތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދައުރު އިތުރަށް ސާފުކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުމަށް ޤާނޫނަށް އިޞްލާހު ހުށަހަޅުއްވާފައެވެ. އަދި ކޮމިޓީގެ މެންބަރުންނަށް އެކަށީގެންވާ އުޖޫރައަކާއެކު ރަމަޟާން މަހުގެ އެލަވެންސްވެސް ދޭންޖެހޭގޮތަށްވެސް އިސްލާހު ވަނީ ހިމަނާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހަކީ ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުވަން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެގިނަ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

މެންބަރުން މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހުތަކާ ގުޅިގެން ބަހުސްކުރައްވަމުންނެވެ.

މި އިސްލާހަށް ވާހަކަދައްކަވަމުން މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ވިދާޅުވީ މި ސަރުކާރުން ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެންނާނެކަމަށާއި، މި ބިލުގެ ސަބަބުން އަންހެނުންގެ ކޮމިޓީތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނެ ކަމަށެވެ. މިއީ ކޮމިޓީތައް އުފެދުނީއްސުރެ މެންބަރުން އެދެމުން އައި ކަމެއްކަންވެސް މެންބަރު ފާހަގަކުރެއްވިއެވެ.

މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ރައްޔިތުންގެ އަޑުއައްސަވައި، ސިޔާސީ ބޭފުޅުންގެ ޚިޔާލު ހޯއްދަވާއި، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާ ރައީސެއްކަން މި އިސްލާހުންވެސް އެނގިގެންދާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | 16 ދުވަސް ކުރިންހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 16 ދުވަސް ކުރިންތިން އަހަރުވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސްޚަބަރު | މަހެއް ކުރިންކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | މަހެއް ކުރިން