logo
ޚަބަރު

ސުކޫލު ބަދަލުކުރުމަށް އެދި ހުށަހެޅޭނީ އަންނަ މަހުގެ 6 ގެ ނިޔަލަށް

އަޙްމަދު ޒަލީފް
11 ފެބްރުއަރީ 2025 - 16:36
ސުކޫލު ބަދަލުކުރުމަށް އެދި ހުށަހެޅޭނީ އަންނަ މަހުގެ 6 ގެ ނިޔަލަށް

ކުރިއަށްއޮތް ދިރާސީ އަހަރު ސްކޫލް ބަދަލުކުރަން އެދޭ ދަރިވަރުންނަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ތަޢުލީމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. 

މި ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މާރިޗުމަހުގެ 6 ވަނަ ދުވަހާއި ހަމައަށެވެ. 


2025ވަނަ އަހަރުގެ ދިރާސީ އަހަރު ފެށެނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދު ދުވަސްތަކާއި ފިތުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު ކަމަށްވާތީ، ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅުން ހުރި ހުރިހާ މަސައްކަތެއްމާރިޗު މަހުގެ 15ގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ. 

Ad by Hajj Corporation

Ad by Hajj Corporation

އަދި މިދުވަސްވަރަކީ ދަރިވަރުންގެ އިމްތިޙާނާއި އެސެސްމެންޓްތައް އަދި ދަރިވަރުންގެ ރިޕޯޓް ފޯމު ތައްޔާރުކުރާ ދުވަސްވަރަށްވުމުން، މި ހިނގާ ދިރާސީ އަހަރުގެ ބާކީ ދުވަސްކޮޅުގެ ތެރޭގައި ދަރިވަރުން އެއްރަށެއްގެ ސްކޫލުން އަނެއް ރަށުގެ ސްކޫލަށް ބަދަލުވުމުގެ ކަންތައްތައް ކުރިއަށް ނުގެންދާގޮތަށް ހަމަޖައްސާ އެކަން ސްކޫލްތަކަށް އަންގާފައިވާކަމަށް އެޑިއުކޭޝަނުން ވިދާޅުވެއެވެ.


ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ކުރިއަށް އޮތް ދިރާސީ އަހަރު ފެށުމުގެ ކުރިން، އެކަށީގެންވާ ވަގުތު އޮއްވައި ދަރިވަރުން ސްކޫލުތަކަށް ވެއްދުމުގެ މަސައްކަތް އެވުޒާރާއިން ކުރައްވަމުން ގެންދަވާކަމަށެވެ.

އެގޮތުން އަންނަ ދިރާސީ އަހަރަށް ދަރިވަރުން ކިޔަވަމުންދާ ސްކޫލުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކުރާނަމަ، އެކަމަށް އެދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށް ތައުލީމީ ވުޒާރާއިން ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ ސަރަހައްދުގެ ސުކޫލުތަކަށް ވަންނަން އެދޭ ހުރިހާ ދަރިވަރުންނަށް ފުރުޞަތު ލިބޭނެ ޚަބަރު | 2 މަސް ކުރިންސުކޫލު ބަދަލުކުރުމަށް އެދި ހުށަހެޅޭނީ އަންނަ މަހުގެ 6 ގެ ނިޔަލަށްޚަބަރު | 7 މަސް ކުރިންދެވަނަ ޓާމް ޗުއްޓީއަށް ފަހު މިއަދު ސްކޫލްތަކުގައި ކިޔެވުން ފަށައިފިޚަބަރު | 8 މަސް ކުރިންއަންނަ އަހަރު، ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މާދަމާ ހުޅުވާލަނީޚަބަރު | އަހަރެއް ކުރިން