މާލޭގެ ސަރަހައްދުގެ ސުކޫލުތަކަށް ވަންނަން އެދޭ ހުރިހާ ދަރިވަރުންނަށް ފުރުޞަތު ލިބޭނެ
17 ޖުލައި 2025 - 09:14

2026 ވަނަ އަހަރުގެ ދިރާސީ އަހަރު މާލޭ ސަރަހައްދުގެ ސުކޫލުތަކަށް ވަންނަން އެދޭ ހުރިހާ ދަރިވަރުންނަށް އެ ފުރުޞަތު ލިބޭނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިޔާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ވުޒާރާގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް ޢަބްދުލް ވަލިއްޔު ޢަލީ ވިދާޅުވީ އަންނަ އަހަރުގެ ދިރާސީ އަހަރަށް މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އަތޮޅުތަކުން 700 އަށްވުރެ ގިނަ ދަރިވަރުން ބަދަލުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ގްރޭޑް އެކަކަށް 2000އަށްވުރެ ގިނަ ދަރިވަރުން ވަންނާނެކަމަށާއި 1800 އަށްވުރެ ގިނަ ދަރިވަރުން އެލްކޭޖީއަށް ވާންނާނެކަމަށް އަންދާޒާ ކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation
2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރު ސަރުކާރުގެ ސަކޫލްތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް މިހާރު ހުޅުވާލާފައިވާއިރު، އެއްވެސް ދަރިވަރަކު ބާކީނުކޮށް ދަރިވަރުން ދިިރިއުޅޭ ސަރަޙައްދުގެ ސްކޫލްތަކަށް އުޞޫލްގެ ތެރެއިން ޖާގަލިބޭނެކަމަށްވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި ސްކޫލްއަށް ވެއްދުމަށް އެދި މިހާރުވެސް ގިނަ އެޕްލިކޭޝަންތަކެއް ލިބެމުންދާކަމަށާއި މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖާގަތައް ދަރިވަރުންނަށް ދިނުމަށްފަހު ބެލެނިވެރިންނަށް އަންގާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެލްކޭޖީ އަދި ގްރޭޑް 1އަށް ދަރިވަރުން ވެއްދުމުގެ މުއްދަތު ހުޅުވާލާފަވަނީ 31 އޮގަސްޓްގެ ނިޔަލަށެވެ. މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމަށް ހުށައަޅަންޖެހެނީ ހަމަ މި މުއްދަތުގެ ތެރޭގައެވެ. އަދި އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުމުގެ ފުރުޞަތުވެސް މީގެތެރޭގައި ހިމެނެއެވެ.
ފޯމު ހުށައެޅޭނީ https://myoffice.moe.gov.mv/forms/id/2 ލިންކް މެދުވެރިކޮށެވެ. ދަރިވަރުން ސްކޫލްތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު އަހަރުތަކަކަށް ފަހު އަންނަނ އަހަރަކީ ޖެނުއަރީ މަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ އަހަރެވެ.