ގަން ބަލިކުރުމަށްފަހު 6 ވަނަ ފަހަރަށް ޒޯނު ޗެންޕިއަންކަން ތިމަރަފުށިން ހޯދައިފި

ތިމަރަފުށިން ވަނީ ޒޯނުގެ ތަށި 6 ވަނަ ފަހަރަށް އުފުލާލާފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ

12 ފެބްރުއަރީ 2025 - 04:55
ގޯލްޑަން ފުޓްސަލް މުބާރާތުގެ ޒޯން 6 ގެ ފައިނަލުގައި ލ. ގަން ބަލިކުރުމަށްފަހު ޒޯނު ތަށި 6 ވަނަ ފަހަރަށް ޒޯނު ޗެންޕިއަންކަން ހޯދައިފިއެވެ. 2022 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޒޯނުޗެންޕިއަންކަން ގަން 4-0 ގެ ތަފާތަކުން ބަލިކޮށްގެންނެވެ.
ރޭގައި ކުޅެވުނު މިމެޗުގައި ފުރަތަމަ ހާފު ނިމުނީ 0-0 އިންނެވެ. އަދި ދެވަނަ ހާފުގެ ފުރަތަމަ 5 ވަނަ މިނެޓުގައި ތިމަރަފުށީގެ އިސްމާޢިލް މުނީޒް (ޓްރީ) ވަނީ ފުރަތަނަ ފަހަރަށް ތިމަރަފުއްޓަށް ލީޑުނަގައިދީފައެވެ. އަދި އޭގެ 3 މިނެޓުފަހުން އާދަމް ނާސިޙް (އާދަންނަ) ވަނީ ކައުންޓަރ ގައި އިތުރު ގޯލެއް ޖަހައިފައެވެ. މެޗުގެ 3 ވަނަ ގޯލަކީ ދެވަނަ ހާފުގެ 10 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އިބްރާހިމް އަސްވަދު (ގަބޭ) ޖަހައިދިން ގޯލެކެވެ. ތިމަރަފުށީގެ ފަހުގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ ފަހު މިނެޓުގައި ކައުންޓަރ އެއްގައި އަހުމަދު އަފްލާޒް އެވެ.
މިޒޯނުގެ އެންމެ މޮޅުކުޅުންތެރިޔަކަށް ތިމަރަފުށީގެ އާދަމް ނާސިޙް (އާދަންނަ) ހޮވިފައިވާއިރު، އެންމެ ގިނަ ގޯލުޖަހާފައިވަނީ އިސްދޫގެ ހުސެއިން އަފްހާން އެވެ.
މިއީ ތިމަރަފުށި ގަމާއި އެއްޒޯނަކަށް ބަދަލުވިފަހުން ޒޯނު ޗެންޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މިދެޓީމު އެންމެފަހުން ބައްދަލުކުރި 4 ފަހަރުވެސް ތިމަރަފުއްޓަށް މޮޅެއް ލިބިފައެއްނުވެއެވެ. އެގޮތުން ޒޯނު ބުރުގެ ފުރަތަމަ މެޗުގައި މިދެޓީމު ބައްދަލުކުރި މެޗު ގަމުން ވަނީ 1-0 އިން ކާމިޔާބުކޮށްފައެވެ. މިމޮޅަކީ މިދިޔައަހަރު ޒޯނު ފައިނަލުގައި ގަމާއި ވާދަކޮށް ބަލިވި ތިމަރަފުއްޓަށް ލިބުނު ބޮޑު މޮޅެކެވެ.
މިމުބާރާތުގެ ޒޯނު ތަށި މީގެކުރިން ތިމަރަފުށި ވަނީ 5 ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2016، 2017، 2018، 2019 އަދި 2022 ވަނައަހަރުގައެވެ.
މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުތައް: (12 ފެބުރުވަރީ 2025)
20:00 ހދ. ނައިވާދޫ – ހއ. ދިއްދޫ (ފައިނަލް)
20:00 ރ. އިނގުރައިދޫ – ރ. ދުވާފަރު (ފައިނަލް)
------------------------------------------
22:00 އއ. މަތިވެރި – އދ. މަހިބަދޫ (ފައިނަލް)
22:00 ފުވައްމުލައް – ގދ. ވާދޫ (ފައިނަލް)
------------------------------------------
އިތުރު ލިޔުންތައް

ރާއްޖޭގައި ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގުރުލައިފި
3 މަސް ކުރިން
ބަތްޕެންތަ؟ ގޮޅަ ރިހަ ތަ؟ ގޯލްޑަން ޗެރިޓީ ގަދަހިފުން މިރޭ
2 މަސް ކުރިން
ގޮޅަރިހައިގެ ވަރުދައްކާލައި ޝީލްޑް ހަދިޔާ ފަލަސްޠީނަށް
2 މަސް ކުރިން