logoEN
ކުޅިވަރު

ވިލިމާލެއިން މާލޭ ޒޯނުގެ ޗެންޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައިފި

މިދިޔަ އަހަރުގެ ފައިނަލުގައި ބަލިވި ވިލިމާލެއިން ވަނީ ޒޯނުގެ ޗެންޕިއަންކަން ފުރަތަމަ ފަހަރަށް ހޯދާފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ

މިދިޔަ އަހަރުގެ ފައިނަލުގައި ބަލިވި ވިލިމާލެއިން ވަނީ ޒޯނުގެ ޗެންޕިއަންކަން ފުރަތަމަ ފަހަރަށް ހޯދާފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

12 ފެބްރުއަރީ 2025 - 05:12

ގޯލްޑަން ފުޓްސަލް މުބާރާތުގެ ޒޯން 8 (މާލެ ސިޓީ ޒޯން) ގައި ރޭގައި މައްޗަންގޯޅި ބަލިކޮށް ވިލިމާލެއިން މުބާރާޓުގެ ޒޯންތަށި އުފުލާލައިފިއެވެ. ރޭގައި ކުޅެވުނު މިމެޗު ވިލިމާލެއިން ކާމިޔާބުކުރީ 4-1 އިންނެވެ.

ރޭގައި ކުޅެވުނު ފޯރިގަދަ މިމެޗުގެ ފުރަތަމަ ގޯލުޖެހީ ވިލިމާލެއިންނެވެ. މިގޯލު ފުރަތަމަ ހާފުގެ 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ ޝިޔާހް (ޝިޔަޅޭ) އެވެ. އަދި އޭގެ 3 މިނެޓުފަހުން ވިލިމާލޭގެ އަހުމަދު ބައްސާމް (ބައްކު) ވަނީ ގޯލެއް ޖަހައިދީ ލީޑު ފުޅާކޮށްދީފައެވެ. އަދި ދެވަނަ ގޯލު ޖެހިތާ މާގިނައިރެއް ނުވަނީސް އަނެއްކާވެސް އަހުމަދު ބައްސާމް ވަނީ އިތުރުގޯލެއް ޖަހާފައެވެ. މައްޗަންގޯޅީގެ ހަމައެކަނި ގޯލުޖަހައިދިނީ ހަސަން ސުފިޔާން (ސޫފީ) އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން، ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން ކެޕްޓަން ސިޔަޅޭ ވަނީ އިތުރު ގޯލެއް ޖަހައި ތަށި ވިލިމާލެއަށް ޔަޤީންކޮށްދީފައެވެ.

މިދިޔަ އަހަރުގެ ރަނަރަފް ވިލިމާލެ ރޭގެ މޮޅާއެކު، މިއީ އެޓީމަށް ޒޯނުޗެންޕިއަންކަން ލިބުނު ފުރަތަމަ ފަހަރެވެ. ޒޯނުގެ އެންމެ ގިނަގޯލުޖެހި ކުޅުންތެރިޔަކީ އަހުމަދު ބައްސާމް (ބައްކު) އެވެ. އަދި މިޒޯނުގެ އެންމެ މޮޅުކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާއެވެ.

މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުތައް: (12 ފެބުރުވަރީ 2025)

20:00 ހދ. ނައިވާދޫ – ހއ. ދިއްދޫ (ފައިނަލް)

20:00 ރ. އިނގުރައިދޫ – ރ. ދުވާފަރު (ފައިނަލް)

------------------------------------------

22:00 އއ. މަތިވެރި – އދ. މަހިބަދޫ (ފައިނަލް)

22:00 ފުވައްމުލައް – ގދ. ވާދޫ (ފައިނަލް)

------------------------------------------

ކޮމެންޓް

871x217_placeholder