ފަހުވަގުތު 3 ގޯލުޖަހައި ކުޑަހުވަދޫއިން ޒޯނުގެ ތަށި ދިފާއުކޮށްފި

ޚުޑަހުވަދޫއިން ވަނީ ޒޯނުގެ ތަށި ޖެހިޖެހިގެން 3 ފަހަރަށް ހޯދާފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ

12 ފެބްރުއަރީ 2025 - 05:33
ގޯލްޑަން ފުޓްސަލް މުބާރާތުގެ ޒޯން 5 ގައި ރޭގައި ފ. ދަރަނބޫދޫ އާއި ދ. ކުޑަހުވަދޫ ވާދަކުރިމެޗު ފަހުގަޑީގައި ޖެހި 3 ގޯލާއެކު، މިޒޯނުގެ ޗެންޕިއަންކަން ކުޑަހުވަދޫއިން ދިފާއުކޮށްފިއެވެ.
ރޭގައި ކުޅެވުނު ފޯރިގަދަ މިމެޗުގެ ފުރަތަމަ ގޯލުޖަހައި ލީޑުހޯދީ ދަރަނބޫދޫއިންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ 2 ވަނަ މިނެޓުގައި މިގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖިދު އަހުމަދު (ސާއްޓެ) އެވެ. ނަމަވެސް އޭގެ 5 މިނެޓުފަހުން ކުދަހުވަދޫގެ ހާރޫން އިބްރާހީމް (ހާންޑޯ) ވަނީ ގޯލެއް ޖަހައިދީ ނަތީޖާ ހަމަކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ގޯލެއް ޖަހައި ލީޑުފުޅާކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހުވަގުތުގައި ދަރަނބޫދޫގެ ރައްޔާން ރިޔާޙް ވަނީ ގޯލެއްޖަހައި ނަތީޖާ ހަމަކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުނީ 2-2 އިންނެވެ.
ދެވަނަ ހާފުގެ 8 ވަނަ މިނެޓުގައި ދަރަނބޫދޫގެ ކެޕްޓަން އަދި ފާފުގެ އެންމެ މޮޅުކުޅުންތެރިޔާ މުޒްދާން ވަނީ ގޯލެއް ޖަހައި ދެވަނަ ފަރަށް ޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ދެވަނަ ހާފުނިމޭން 2 މިނެޓަށް ވެފައިވަނިކޮށް ކުޑަހުވަދޫގެ މުޙައްމަދު އަރީޝް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަކޮށްދީފައެވެ. އަދި ދެވަނަ ހާފުގެ 19 ވަނަ މިނެޓުގައި ކުޑަހުވަދޫގެ ކެޕްޓަން ޖުމައްޔިލް ޖަމީލް (ޖުމްބެ) ވަނީ ހާފުގެ މެދުތެރެއިން ތިރިތިރިން ޖެހި ބާރުޝޮޓެއްގައި ކުޑަހުވަދޫއަށް ލީޑުނަގާދީފައެވެ. އަދި އޭގެ މިނެޓެއްފަހުން ކުޑަހުވަދޫގެ މުޙައްމަދު އަރީޝް ވަނީ އޭނާގެ 2 ވަނަ ގޯލުޖަހައި، ކުޑަހުވަދޫއަށް ތަށި ޔަޤީންކޮށްދީފައެވެ. މެޗުނިމުނީ 5-3 އިންނެވެ.
ޒޯނުގެ އެންމެ ގިނަގޯލުޖެހި ކުޅުންތެރިޔަކަށް ކުޑަހުވަދޫގެ ހާރޫން އިބްރާހިމް ހޮވޮފައިވާއިރު، މިމެޗުގެ އެންމެ މޮޅުކުޅުންތެރިޔާ އަދި މިޒޯނުގެ އެންމެ މޮޅުކުޅުންތެރިޔަކަށްވެސް ހޮވުނީ ކުޑަހުވަދޫގެ ކެޕްޓަން ޖުމައްޔިލް ޖަމީލް (ޖުމްބެ)އެވެ. ރޭގެ މޮޅާއެކު މިޒޯނުގެ ތަށި އެންމެ ފަހުން މިދިޔަ 3 އަހަރުވެސް ކާމިޔާބުކޮށްފައިވަނީ ކުޑަހުވަދޫއިންނެވެ.
މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުތައް: (12 ފެބުރުވަރީ 2025)
20:00 ހދ. ނައިވާދޫ – ހއ. ދިއްދޫ (ފައިނަލް)
20:00 ރ. އިނގުރައިދޫ – ރ. ދުވާފަރު (ފައިނަލް)
------------------------------------------
22:00 އއ. މަތިވެރި – އދ. މަހިބަދޫ (ފައިނަލް)
22:00 ފުވައްމުލައް – ގދ. ވާދޫ (ފައިނަލް)
------------------------------------------
އިތުރު ލިޔުންތައް

ރާއްޖޭގައި ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގުރުލައިފި
3 މަސް ކުރިން
ބަތްޕެންތަ؟ ގޮޅަ ރިހަ ތަ؟ ގޯލްޑަން ޗެރިޓީ ގަދަހިފުން މިރޭ
2 މަސް ކުރިން
ގޮޅަރިހައިގެ ވަރުދައްކާލައި ޝީލްޑް ހަދިޔާ ފަލަސްޠީނަށް
2 މަސް ކުރިން