logo
ކުޅިވަރު

މެޑްރިޑުން ކަމްބެކްހަދައި, ރޮޑްރީގެ ބެލަންޑިއޯ ޕާޓީ ވިނީ ޚަރާބުކޮށްފި

އަބްދުﷲ ޣާނިމް
12 ފެބްރުއަރީ 2025 - 06:32
މެޑްރިޑްގެ ކުލުންތެރިންނާއި ދެކޮޅަށް ކުރިމަލާމާތާއި ފުރައްސާރައިގެ ޝިކާރައަކަށް ސިޓީ ވަނީ ވެފައި
މެޑްރިޑްގެ ކުލުންތެރިންނާއި ދެކޮޅަށް ކުރިމަލާމާތާއި ފުރައްސާރައިގެ ޝިކާރައަކަށް ސިޓީ ވަނީ ވެފައި

ޔުއޭފާ ޗެންޕިއަންސް ލީގު ގަދަ 16 ނޮކްއައުޓް މެޗުގައި ރޭގައި ރެއާލް މެޑްރިޑް ފަހަތުން އަރައި މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހު ގަދަ 16 އިން ޖާގައެއް ހޯދުމާއި ގާތަށް ޖެހިލައިފިއެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅެވުނު ނޮކްއައުޓް ގެ ފުރަތަމަ މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 3-2 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗު މެޑްރިޑުން ފެށީ ވަރަށް ގަދަކޮށެވެ. އެގޮތުން ފުރަތަމަ ހާފުފެށިގެން ކައިރިކައިރީގައި މެޑްރިޑުން ވަނީ ހަމަލާތަކެއް ސިޓީގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް ސިޓީގެ ހާލަންޑުވަނީ އޭނާއަށް ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުންހިފައި މެޗުގެ 19 ވަނަ މިނެޓުގައި ލީޑުނަގާދީފައެވެ. ފުރަތަމަ ހާފުނިމުނީ 1-0 އިން ސިޓީ ކުރީގައި އޮވެގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އެމްބާއްޕޭ ވަނީ ރެއާލް އަށް ގޯލެއްޖަހައިދީ، މެޗު އެއްވަރުކޮށްދީފައެވެ. ނަމަވެސް މެޗުގެ 80 ވަނަ މިނެޓުގައި ސިޓީގެ ފޯޑެން އަށް ކުރި ފައުލަކާއިގުޅިގެން ލިބުނު ޕެނަލްޓީއެއްގައި ހާލަންޑުވަނީ އޭނާގެ ދެވަނަ ގޯލުޖަހާފައެވެ. މިގޯލާއެކު ރެއާލް އިން ކުޅެން ނިކުތް ސިޓީގެ ކުރީގެ ކުޅުންތެރިޔާ ބްރަހީމް ޑިއާޒް ވަނީ 85 ވަނަ މިނެޓުގައި ވިނީ ޖެހިބޯޅައެއް، ކީޕަރުގެ އަތުގައި ޖެހިފައި ލިބުނު ހުސްފުރުސަތެއްގައި ގޯލުޖަހާފައެވެ. މެޗުން ރެއާލް މޮޅުކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ވިނީގެ އެސިސްޓަކުން ބެލިންގްހަމްއެވެ.

476988092_950828803825529_108162809849898541_n.jpg

ވިނީ އަށް މަލާމަތްކޮށް ދަމާފައިވާ ބެނަރ. ފޮޓޯ: ފަބްރީޒިއޯ

 

މިމެޗަށް ނިކުތްއިރު ސިޓީގެ ސަޕޯޓަރުން ވަނީ ވިނީޝިއުސް އަށް ބެލަންޑިއޯ ނުލިބުމުން އެކަމަށް މަލާމަތްކޮށްހަދާފައިވާ ބޮޑު ޓީފޯ (ބެނަރ) އެއް ދައްކާލާފައެވެ. ބެނަރގައި އެޓީމުގެ ރޮޑްރީ ބެލަންޑިއޯގެ ބޮޑު ފޮޓޯއަކާއެކު، ރެއާލް މެޑްރިޑުން ރުއިން ހުއްޓާލުމަށް ލިޔެފައިވެއެވެ. އެބެނަރގައި ރެއާލް ގެ ކުޅުންތެރިންނަށް އަދި ހާއްސަކޮށް ވިނީ އަށް ކޮށްފައިވާ މަލާމާތާއެކު، އޭނާ ވަނީ މެޗުގައި މޮޅުކުޅުމެއް ކުޅެ، ބެނަރ ދަމާފައިވާ ފަޅީގައި މެޗުން މޮޅުވި އެސިސްޓު ދީ އަދި މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދައި، ބެނަރ ދެއްކި ސަޕޯޓަރުންތައް ރޮއްވާލާފައެވެ.

479183930_1264950188765803_7189854434066125554_n.jpg

މެޗުގެ މޮޅުކުޅުންތެރިޔާ އެވޯޑާއެކު. ފޮޓޯ: ޔުއޭފާ

 

ރޭގެ ބައްޔާއެކު، މިއީ 2018 ގެ ފަހުން ޗެންޕިއަންސް ލީގުގައި ސިޓީގެ އަމިއްލަ ދަނޑުގައި 90 މިނެޓުގައި އެޓީމު ބަލިވި ފުރަތަމަ ފަހަރެވެ. ރޭގެ މެޗާއެކު ގުއާޑިއޯލާ ސިޓީއާއި ހަވާލުވިފަހުން އޭނާގެ ޓީމުގެ ގޯލަށް އަމާޒުކޮށް 20 ޝޮޓު ފޮނުވާލި ފުރަތަމަ ޓީމަށް ރެއާލް ވެގެންވަނީ ގޮސްފައެވެ. މިދިޔަ ސީޒަނުގައިވެސް ރެއާލް ވަނީ ސިޓީ މުބާރާތުން ކަޓުވާލައި ޗެންޕިއަންކަން ހޯދާފައެވެ. އަދި މިދިޔަ ސީޒަނުގެ ބެލަންޑިއޯ ގައި ވިނީ އަށް ދެވަނަލިބުނަސް، އޭނާ ވަނީ ފީފާގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. ރޭގެ މޮޅާއެކު 15 ފަހަރު ޗެންޕިއަންސް ލީގު ނަގާފައިވާ ރެއާލް އިންވަނީ އެންމެ ފަހަރަކު ޗެންޕިއަންސް ލީގު ލިބިފައިވާ ސިޓީ ސައިޒުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 4 ދުވަސް ކުރިންވީއޭއާރު ހެޓްރިކުންވެސް ވިނީ ނުހުއްޓުވޭ، ތިން މެޗުން ތިން މޮޅުކުޅިވަރު | 5 ދުވަސް ކުރިންޗެމްޕިއަންސް ލީގު ގުރުލައިފި: އާނޯލްޑް އެންފީލްޑަށް، ޔަމާލް އާއި ޑެމްބެލޭ ގަދަހިފުމަކަށްކުޅިވަރު | 8 ދުވަސް ކުރިންބްރެޒިލްގެ ސްކޮޑް އިޢުލާން ކޮށްފި، ނޭމާ އާއި ރެއާލް މެޑްރިޑްގެ ކުޅުންތެރިންނަކަށް ޖާގައެއް ނެތްކުޅިވަރު | 10 ދުވަސް ކުރިން