logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ރޯދަމަހު މަޖިލީސް ޖަލްސާތައް ނުބާއްވަން އިސްލާހެއް

ހުސައިން ވަސީމް
12 ފެބްރުއަރީ 2025 - 07:28
ރޯދަމަހު މަޖިލީސް ޖަލްސާތައް ނުބާއްވަން އިސްލާހެއް

ކުރިއަށް އޮތް ރޯދަ މަހަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސަތައް މެދުކަނޑާލާ، މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ރޯދަމަހަށް މަޖިލީހުގެ ޖަލްސާތައް މެދު ކަނޑާލާ ދައުރު ކުރުކޮށްލަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލައި މި ދައުރު ކުރުކޮށްލުމަށެވެ. މިއަހަރުގެ ފުރަތަމަ ދައުރު ފެށީ މަމަހުގެ 6 ވަނަ ދުވަހު އެވެ. އަދި ކުރިއަށް ހުރި ދައުރުތައް ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވެ އެވެ. އެ އުސޫލަށް އަމަލު ކުރެވޭނީ ހަމައެކަނި މިއަހަރުގެ ފުރަތަމަ ދައުރަށް ކަމަށްވެސް މެމްބަރު ވިދާޅުވި އެވެ.

މި އިސްލާހު އިތުރަށް ދިރާސާކުރުމަށް މިއަދު ވަނީ މަޖިލީހުގެ އާންމު ކޮމެޓީއަށް ފޮނުވާފަ އެވެ.

މިއިސްލާހު ހުށަހެޅުއްވީ މެމްބަރުންނަށް ރޯދަ މަހު ލިބޭނެ ވަގުތު ކުޑަ ވުމުންކަމަށް ރިފާއު ވިދާޅުވި އެވެ. އަދި މިގޮތަށް އިސްލާހު ހުށަހެޅުއްވީ ޕީޖީ ގުރޫޕުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށްވެސް މެމްބަރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ބެހުގެން ވަނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ފަށާފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު އެވެ. މެމްބަރުންގެ ޗުއްޓީއަށް ފަހު ދެވަނަ ދައުރު ފެށުމަށް ހަމަޖެހިފައި ވަނީ 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް އަދި ތިން ވަނަ ދައުރު ފެށުމަށް ހަމަޖެހިފައި ވަނީ 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ. ނަމަވެސް މި ތާރީހުތަކަށް ބަދައު އައުމަކީ އެކަށީގެންވާ ކަމެކެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | 20 ދުވަސް ކުރިންހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 20 ދުވަސް ކުރިންތިން އަހަރުވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސްޚަބަރު | މަހެއް ކުރިންކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | މަހެއް ކުރިން