logo
Bank of Maldives

Bank of Maldives

ޚަބަރު

ޕާޓީތަކަށް ދެން މީހުން ވެއްދޭނީ ޕޯޓަލް މެދުވެރިކޮށް

އާމިނަތު ޝަފާ
13 ފެބްރުއަރީ 2025 - 09:45
ފޯމްތަކެއް
ފޯމްތަކެއް

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދޭނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޕޯޓަލް މެދުވެރިކޮށް ކަމަށް ކަނޑައަޅައި ސިޔާސީ ޕާޓީގެ ގަވާއިދު އިސްލާހުކޮށް އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފިއެވެ.

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ބޮޑުވެ، މައްސަލަ ހައްލުކުރުމަށް އީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަދު އާއްމުކުރި ގަވާއިދުގައިވާގޮތުން ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދައަށް އެދޭ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި މަދުވެގެން 3،000 މީހުންގެ މައުލޫމާތާއި މިހާރު ހުރި ޕާޓީތަކަށް މެމްބަރުން އިތުރުކުރުމަށް އެ ކޮމިޝަނުގެ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. މި ޕްލެޓްފޯމަށް އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރެޖިސްޓްރީވެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕާޓީތައް ދަފުތަރުކުރުމަށް ހުށަހަޅާ މެމްބަރުންގެ މައުލޫމާތު ސިޔާސީ ޕާޓީތަކުން 10 އަހަރު ވަންދެން ބަލަހައްޓަން ޖެހޭ ކަމަށް ގަވާއިދުގައި ބުނާއިރު، ޕޯޓަލް މެދުވެރިކޮށް ޕާޓީގެ ދަފުތަރު ކުރުމަށް ހުށަނޭޅޭ ހާލަތެއްގައި އެކަމަށް އީސީން ގޮތެއް ކަނޑައަޅަން ޖެހޭ ކަމަށް ވެސް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.

ގަވާއިދުގައިވާ ގޮތުން އަލަށް ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދޭ ފަރާތްތަކުން އީފާސް މެދުވެރިކޮށް ހުށަހަޅާއިރު، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުގައިވާ އެ ފަރާތުގެ މައުލޫމާތު، އިލެކްޝަންސް ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި ހޯދުމަށް އިއުތިރާޒު ނުކުރާކަމުގައި އިޤުރާރުވާންވާނެއެވެ.

އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ބޮޑުވެފައިވަނިކޮށް އީ-ފާސް މެރުވެރިކޮށް ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް އެދި ހުށައެޅޭ ގޮތް ހެދުމުން މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރީގެ ނައިބު ރައީސް އަދީބުގެ އެމްޓީޑީ އުވާލަން ނިންމައިފި ޚަބަރު | 23 ދުވަސް ކުރިން ހިޔާލު ހޯދުމުގެ ވޯޓު ނެގުމުގެ މުއްދަތު އިތުރުކޮށްދޭން އީސީން އެދިއްޖެޚަބަރު | 2 މަސް ކުރިންލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް ގައިޚަބަރު | 4 މަސް ކުރިންއެމްޓީޑީއަށް 3000 ހަމަނުވޭ، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށައިފިޚަބަރު | 4 މަސް ކުރިން