logo
Bank of Maldives

Bank of Maldives

ޚަބަރު

ރޯދަމަހު މަޖިލިސް ޖަލްސާތައް ނުބާއްވަން ފާސްކޮށްފި

ރޯދަމަހު މަޖިލިސް ޖަލްސާތައް ނުބާއްވަން ފާސްކޮށްފި

ކުރިއަށް އޮތް ރޯދަ މަހަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސަތައް މެދުކަނޑާލާ، މަޖިލީހުގެ މި ދައުރު މި މަހުގެ ނިޔަލަށް ކުރުކޮށްލުމަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ފާސްކޮށްފިއެވެ.

މި އިސްލާހު ހުށަހެޅުއްވާފައިވަނީ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު ރިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ ނިޔަލަށް ނިންމާލައި މި ދައުރު ކުރުކޮށްލުމަށެވެ. މިއަހަރުގެ ފުރަތަމަ ދައުރު ފެށީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އަދި ކުރިއަށް ހުރި ދައުރުތައް ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވެއެވެ. އެ އުސޫލަށް އަމަލު ކުރެވޭނީ ހަމައެކަނި މިއަހަރުގެ ފުރަތަމަ ދައުރަށް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މި އިސްލާހު ހުށަހެޅުއްވީ މެމްބަރުންނަށް ރޯދަ މަހު ލިބޭނެ ވަގުތު ކުޑަ ވުމުންކަމަށް ރިފާއު ވިދާޅުވިއެވެ. އަދި މިގޮތަށް އިސްލާހު ހުށަހެޅުއްވީ ޕީޖީ ގުރޫޕުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

އެހެންކަމުން މި އިސްލާހު އިތުރަށް ދިރާސާކުރުމަށް އިއްޔެ މަޖިލީހުގެ އާންމު ކޮމެޓީއަށް ފޮނުވާފައިވާއިރު، މިއަދު ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުން މެންބަރުންގެ މެދުގައި ނެގުނު ވޯޓާއެކު މި އިސަލާހު ވަނީ ފާސްކޮށްފައެވެ. މިގޮތުން، މި އިސްލާހު ފާސްކޮށްފައިވަނީ އިސްލާހު ދިރާސާކުރުމަށް ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ވީމާ މި އިސްލާހު ފާސްވެފައިވާތީ، 2029 ވަނަ އަހަރާ ހަމައަށް އިތުރު އިސްލާހެއް ގެންނަން ނުޖެހޭނެ ކަމަށް މަޖިލީހުގެ ސެކްރެޓޭރިއެޓުން ދިރާސާކުރުމަށްފަހު އަންގާފައިވާކަމަށް އާންމު ކޮމިޓީގެ މުގައްރިރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ބެހުގެން ވަނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ފަށާފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު އެވެ. މެމްބަރުންގެ ޗުއްޓީއަށް ފަހު ދެވަނަ ދައުރު ފެށުމަށް ހަމަޖެހިފައި ވަނީ 1 ޖޫން އިން 15 އޮގަސްޓްގެ ނިޔަލަށް އަދި ތިން ވަނަ ދައުރު ފެށުމަށް ހަމަޖެހިފައި ވަނީ 1 އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ. ނަމަވެސް މި ތާރީހުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދެވޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިޚަބަރު | 12 ދުވަސް ކުރިންހަތަރު ޤައުމަކަށް ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރަން ފާސްކޮށްފިޚަބަރު | 12 ދުވަސް ކުރިންތިން އަހަރުވަންދެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް، ޓިއުޝަން ސެންޓަރެއްގެ ވެރިޔަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސްޚަބަރު | މަހެއް ކުރިންކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | މަހެއް ކުރިން