logo
Bank of Maldives

Bank of Maldives

ޚަބަރު

ސަޢޫދީ ވަޒީރުންގެ މަޖިލީހުން ދިވެހިރާއްޖެއާއެކު ވެވުނު އިޤްތިޞާދީ އެއްބަސްވުން ފާސްކޮށްފި

ސުދާ ލަތީފް
13 ފެބްރުއަރީ 2025 - 11:26
ސަޢޫދީ ވަޒީރުންގެ މަޖިލީހުން ދިވެހިރާއްޖެއާއެކު ވެވުނު އިޤްތިޞާދީ އެއްބަސްވުން ފާސްކޮށްފި

ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުން ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރީގެ ވުޒާރާއާއި ސަޢޫދީ ޢަރަބިއްޔާގެ ބޭރު ވިޔަފާރީގެ ޢާންމު އޮތޯރިޓީއާ ދެމެދު ވެވުނު އެއްބަސްވުމުގެ މެމޮރެންޑަމް (އެމްއޯޔޫ) ފާސްކޮށްފިއެވެ.

މި އެއްބަސްވުމަކީ ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ އެއްބާރުލުން އިތުރުކޮށް، އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް އަމާޒުކޮށްގެން ވެވުނު އެއްބަސްވުމެކެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި ސަޢޫދީ ޢަރަބިއްޔާގެ ޔަލްޢަހުދު މުޙައްމަދު ބިން ސަލްމާންގެ ލަނޑުދަނޑިތަކަށް އެހީތެރިވެދޭ ގޮތަށް މި އެއްބަސްވުން ފަރުމާކުރެވިފައިވާކަން ފާހަގަކުރެވެއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ މެދުގައި ވިޔަފާރީގެ ފުރުޞަތުތައް އިތުރުކޮށް، އިންވެސްޓްމަންޓްތައް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

މި އެއްބަސްވުން ފާސްކުރެވުނު ތާރީޚާއި ތަންފީޒުކުރަން ފެށޭނެ ތާރީޚެއް އަދި ހާމަކުރެވިފައެއް ނުވެއެވެ. ނަމަވެސް، މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާވެ، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާކުރާނެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދުކުރެވެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ފަރާތުން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް، މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީއަށް ކޮމިޓީތައް ދިނީ އޯގާތެރިކޮށް، އެއީ ކޮށްދޭ ހެޔޮކަންނުފެންނަބައެއް: ފަލާހްޚަބަރު | 4 ދުވަސް ކުރިންމާލީ ވަޒީރު ހަސަންއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިޚަބަރު | 4 ދުވަސް ކުރިންޒާތީ މަޢުލޫމާތު ރައްކާތެރިކުރުމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން ހުޅުވާލައިފިޚަބަރު | 5 ދުވަސް ކުރިންބޯހިޔާވަހިކަން ލިބޭ ރަށަކަށް ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފިޚަބަރު | 6 ދުވަސް ކުރިން