logo
Bank of Maldives

Bank of Maldives

ދުނިޔެ

އެމެރިކާއިން މިސްރަށް ދޭ އަސްކަރީ އެހީ ހުއްޓާލާނެކަމުގެ އިންޒާރު

އާމިނަތު ޝަފާ
14 ފެބްރުއަރީ 2025 - 07:07
އެމެރިކާއިން މިސްރަށް ދޭ އަސްކަރީ އެހީ ހުއްޓާލާނެކަމުގެ އިންޒާރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅޭ ޣައްޒާ ޕްލޭނަށް މިސްރުން އެއްބާރުލުން ނުދީފިނަމަ އެމެރިކާއިން މިސްރަށް ދޭ އަސްކަރީ އެހީ ހުއްޓާލާނެކަމުގެ އިންޒާރު އެމެރިކާއިން ދެމުންދާކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޣައްޒާ ފޭރިގަތުމަށްފަހު  އެއީ އެމެރިކާގެ ބިމަކަށް ހަދައި، ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ވަޒަނުން ބޭރު ކުރާނެ ކަމަށްކަމަށް ތަކުރާރުކޮށް ބުނަމުން އަންނަ ޓްރަމްޕްވަނީ ޣައްޒާގެ ރައްޔިތުން މިސްރަށް ގެނަދިއުމަށް މިސްރު ސަރުކާރަށް ގޮވާލާފައެވެ. އެއާއެކު ޣައްޒާ ފޭރިގަތުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބައެއް ޢަރަބި ޤައުމުތަކުގެ ވެރިންނާ ބައްދަލު ކުރެއްވުމަށް ޓްރަމްޕް ގެންދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙް އަލް-ސީސީ ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ 40އަށްވުރެ ގިނަ އަހަރު ކުރިން މިޞްރާއި ޔަހޫދީންނާ ދެމެދު ޞުލްޙައިގެ އެއްބަސްވުމެއްގައި ސޮއި ކުރި ފަހުން ޔަހޫދީންނެކޭ އެއްފަދައިން މިޞްރަކީވެސް އެމެރިކާގެ ފަރާތުން ގިނަ އަސްކަރީ އެހީ ލިބޭ އެއް ޤައުމެވެ. ޓްރަމްޕްގެ މި ވާހަކަތަކަށް މުޅި އަރަބި ދުނިޔެ ދެކޮޅުހަދަމުންދާއިރު ސަޢޫދީ އަރަބިއްޔާއިން ވަނީ މި ހުށަހެޅުމަށް ސީދާ ދެކޮޅު ހަދާފައެވެ. މިސްރުގެ އިތުރުން ޖޯޑަންއަށް ދޭ އަސްކަރީ އެހީވެސް ކަނޑާލާނެކަމުގެ އިންޒާރު އެމެރިކާއިންވަނި ދީފައެވެ.
އެމެރިކާއިން މިސްރަށް ދޭ އަސްކަރީ އެހީގެ ގޮތުގައި އަހަރަކު 1.4 ބިލިއަން ޑޮލަރު ދެއެވެ. މި އެހީ ދޭން ފަށާފައިވަނީ 1979 ވަނަ އަހަރު މިސްރާއި އިސްރާއީލާ ދެމެދު ކޭމްޕް ޑޭވިޑް އެއްބަސްވުން ސޮއިކުރުމަށް ފަހުގައެވެ.

ޙަމާސާއި އިސްރާއީލާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުމާ ޔަހޫދީން ތަކުރާރުކޮށް ޚިލާފުވަމުންދާތީ އަސީރުން މިނިވަންކުރުން މުއްދަތެއްނެތްގޮތަށް ފަސްކޮށްފައިވާކަން އެންގުމުން މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި އަނެއްކާވެސް ގޮތް ދޫކޮށް ރަހީނު ކޮށްފައިވާ ޔަހޫދީން އެއްބަސްވުމާ އެއްގޮތަށް ދޫކޮށްލާނެކަމަށް ހަމާސްއިންވަނީ ބުނެފައެވެ.

އަސީރުން ދޫކޮށްލަން އެއްބަސްވީ ޔަހޫދީންނާއި އެމެރިކާގެ "ބިރުދެއްކުމާއި ނުރައްކާތެރިކަމުގެ" ބަސްތަކަށް ބޯލަނބައިގެން ނޫންކަމަށް ހަމާސްއިންވަނީ ބުނެފައެވެ.

ޔަހޫދީންގެ ޤަތުލުޢާންމު ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. ޢުދުވާން ހިންގުން މެދުކަނޑައިލާފައި ވަނީ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި ސުލްޙައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔަހޫދީ ފައުޖުގެ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700ށް އުފުލިފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 111,000ށް އަރާ ކަމުގައި ޣައްޒާގެ މީޑިޔާ އޮފީހުން ހާމަކުރިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުވެއްޖެ ދުނިޔެ | 2 ދުވަސް ކުރިންހަމާސްއިން ޔަހޫދީ އަސީރުން މިނިވަންކުރަން ފަށައިފި ޚަބަރު | 2 މަސް ކުރިންމުޙައްމަދު ސިންވާރުވެސް ޝަހީދުވެއްޖެ World | 6 މަސް ކުރިންސިފައިން މަދުވެ ޔަހޫދީންނަށް ދަތިތަކާ ކުރިމަލާން ޖެހިއްޖެ ޚަބަރު | 8 މަސް ކުރިން