logo
ޚަބަރު

އިޒްރޭލުގެ 3 މީހުންގެ ބަދަލުގައި ފަލަސްތީނުގެ 369 މީހުން މިއަދު ބަދަލުކުރަނީ

އައިޝަތު ދިޔާނާ އަލީ ރިޔާޒް
15 ފެބްރުއަރީ 2025 - 05:39
 ފެބްރުއަރީ 4، 2025: ފަލަސްތީނުގެ މީހަކު ޣައްޒާގެ އުތުރުގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ފެން ހިފައިގެން ދަނީ-- ފޮޓޯ:  [މަހްމޫދު އީސާ/ރޮއިޓާސް]
ފެބްރުއަރީ 4، 2025: ފަލަސްތީނުގެ މީހަކު ޣައްޒާގެ އުތުރުގައި ހުންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ފެން ހިފައިގެން ދަނީ-- ފޮޓޯ: [މަހްމޫދު އީސާ/ރޮއިޓާސް]

އިޒްރޭލުގެ ތިން މީހުން ދޫކޮށްލުމުގެ ބަދަލުގައި ފަލަސްތީނުގެ 369 މީހުން މިއަދު ބަދަލުކުރުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ކަމާސް އިން ބުނެފިއެވެ.

ހަމާސް ޖަމާއަތާއި ފަލަސްތީނު އިސްލާމިކް ޖިހާދު (ޕީއައިޖޭ) ގުޅިގެން ތިން މީހުން ދޫކޮށްލުމަށް ހަމަޖެހިފައިވަނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެ މީހުންގެ ބަދަލުގައި ހަމާސް އިން ދޫކުރަން ހަމަޖެހިފައިވަނީ އިޒްރޭލަށް ނިސްބަތްވާ އެލެގްޒެންޑާ ޓްރޫފާނޯވް، ސަގުއީ ޑެކެލް ޗޭން އަދި ޔައިރް ހޯން ނަމަކަށް ކިޔާ ތިން އަސީރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމާސްއިން ބުނީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މައްސަލައިގައި އިޒްރޭލާއެކު ނުސީދާ މަޝްވަރާތައް އަންނަ ހަފުތާގައި ފެށޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މިހާރު އެއްބަސްވެފައިވާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތުގެ ތެރެއިން ވެސް އިޒްރޭލުން ގެންދަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ޢާންމުންނަށް އަމާޒުކޮަށް ޙަމަލާތައް ދެމުންނެވެ. އިސްރާއީލުގެ ހަމަލާތައް ކުރިއަށް ދާއިރު، ނަބްލޫސްގެ އިރުމަތީގައި އޮންނަ އަސްކަރް ރެފިއުޖީ ކޭމްޕަށް އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 19 އަހަރުގެ ފިރިހެނަކު ވަނީ މަރާލާފައެވެ.

ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ވެސް ވަނީ ބުދަ ދުވަހު ތުލްކަރޭމްގެ އިރުމަތީގައި އޮންނަ ނޫރު ޝާމްސް ރެފިއުޖީ ކޭމްޕަށް އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި ތިން މީހަކު މަރުވިކަން ކަށަވަރުކޮށްދީފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާގައި އެތައް ކުޑަކުދިންނެއް ޝަހީދުވެއްޖެދުނިޔެ | 2 މަސް ކުރިންގަދަ ބާރުން ޣައްޒާގެ އާބާދީ ބޭރުކުރާނަން: ނަތަންޔާހޫދުނިޔެ | 4 މަސް ކުރިން"ބްލެކް މެއިލް ޓޫލް: ހަމާސްއިން އިސްރާއީލުގެ އެހީގެ ޕްލޭން ބަލައިނުގަންނަން ނިންމައިފިދުނިޔެ | 4 މަސް ކުރިން ހުކުރު ދުވަހުގެ ފަތިހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 64 މީހުން ޝަހީދުކޮށްލައިފިދުނިޔެ | 5 މަސް ކުރިން