logo
ދުނިޔެ

ގަދަ ބާރުން ޣައްޒާގެ އާބާދީ ބޭރުކުރާނަން: ނަތަންޔާހޫ

ޒްރޭލުގެ ނިރުބަވެރި އަދި ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ
ޒްރޭލުގެ ނިރުބަވެރި އަދި ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ

ޣައްޒާގައި ޔަހޫދީ ދައުލަތް، އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގެ އާ މަރުހަލާއެއްގައި އެ ސަރަހައްދުގެ އާބާދީ ބޭރުކުރާނެ ކަމަށް އިޒްރޭލުގެ ނިރުބަވެރި އަދި ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ. އޭނާ އެހެން ބުނީ އިޒްރޭލުގެ ސަލާމަތީ ކެބިނެޓުން ޣައްޒާގައި ހިންގާ ހަނގުރާމަ ފުޅާކުރުމަށް ނިންމުމަށް ފަހުގައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޢިބްރީ ބަހުން ކުރި ވީޑިއޯ މެސެޖެއްގައި ނެތަންޔާހޫ ބުނީ ޣައްޒާގެ އާބާދީ "އެމީހުންގެ ރައްކާތެރިކަމަށްޓަކައި" ބަދަލުކުރާނެ ކަމަށެވެ. ނަމަވެސް، ޣައްޒާގެ ކިހާ ބޮޑު ސަރަހައްދެއް ހިފާނެކަމެއް އޭނާ ސާފުކޮށް ނުބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އިޒްރޭލުގެ ސިފައިން ޣައްޒާއަށް ވަދެ، ހަމަލާދީފައި އަނބުރާ ނުދާނެ. މަޤްޞަދަކީ އޭގެ އިދިކޮޅު،" ނެތަންޔާހޫ ބުންޏެވެ.

އޭނާ މިފަދަ ވީޑިޔޯ އެއް ނެރެފައިވަނީ އިޒްރޭލުގެ ސިޔާސީ އަދި ސިފައިންގެ އިސްވެރިން ޣައްޒާގެ ހިންގާ ހަނގުރާމަ ފުޅާކުރުމަށާއި، އެ ސަރަހައްދަށް ފޯރުކޮށްދޭ އެހީގެ ކަންކަން އިޒްރޭލުގެ ބާރުގެ ދަށަށް ގެނައުމަށް ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން އިއްޔެ އޮތް ކެބިނެޓުގެ ބައްދަލުވުމުގައި ނެތަންޔާހޫގެ ކެބިނެޓުން ފާސްކޮށްފައިވަނީ އެ ދައުލަތުގެ ރިޒާވް ސިފައިންނަށް ގޮވާލުމަށާއި، ޣައްޒާގެ 2.3 މިލިއަން މީހުންނަށް ކާބޯތަކެއްޗާއި އެހެނިހެން މުހިންމު ތަކެތި ފޯރުކޮށްދިނުމުގެ ޒިންމާ އިޒްރޭލުގެ ސިފައިންނާ ހަވާލުކުރުމަށެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޤަތުލްޢާންމުގެ ސަބަބުން މިހާތަނަށް 52،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މީގެ ތެރޭގައި ހާހުން ގުނާ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އަދި 120،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ރަށްތަކުގައި ބޮޑެތި އެއްވުންތަކެއް، ގޮވަމުން ދަނީ އަސީރުން މިނިވަން ކުރުމަށްދުނިޔެ | މަހެއް ކުރިންނަތަންޔާހޫ ރުޅިގަދަވެއްޖެ؛ "ހަމަ މިހާރު މުޒާހަރާތައް ހުއްޓާލާ" ދުނިޔެ | މަހެއް ކުރިންމުޅި ޣައްޒާ ހިފުމަށް ޔަހޫދީ ފައުޖުގެ ވެރިޔާވެސް ދެކޮޅު ދުނިޔެ | މަހެއް ކުރިންޣައްޒާގައި ދިރިއުޅޭ 2.2 މިލިއަން މީހުން ތިބީ ހައިހޫނު ކަމުގައި ދުނިޔެ | މަހެއް ކުރިން