logo
ދުނިޔެ

ހުކުރު ދުވަހުގެ ފަތިހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 64 މީހުން ޝަހީދުކޮށްލައިފި

 ހުކުރު ދުވަހުގެ ފަތިހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 64 މީހުން ޝަހީދުކޮށްލައިފި

 މެޑިކަލް މަސްދަރުތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހުކުރު ދުވަހުގެ ފަތިހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 64 މީހުން ޝަހީދުކޮށްލައިފިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމުން (ވޯލްޑް ފުޑް ޕްރޮގްރާމް) ވަނީ "ޣައްޒާއަށް މިހާރު ކާނާ ބޭނުންވެއްޖެ" ކަމަށް ބުނެ ކުއްލި އިންޒާރެއް ދީފައެވެ. އެއީ ސަތޭކަ ހާސް އެތައް ބަޔަކު ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހިފައިވާތީއެވެ.

ޣައްޒާގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ބުނާ ގޮތުގައި، އިސްރާއީލުގެ ބޮންބާރުމަންތަކާއި، އިސްރާއީލުން އެހީގެ ތަކެތި ވައްދަން ބްލޮކޭޑް ކޮށްފައިވާތީ ދަރިންނަށް ކާންދޭން ނުކުޅެދިފައިވުމުގެ ސަބަބުން، މީހުން ވަނީ "ނަފްސާނީ ގޮތުން ބަލިކަށުކޮށްލާފައެވެ".

ޣައްޒާގެ ސިއްހީ މިނިސްޓްރީން ބުނާ ގޮތުގައި، އިސްރާއީލުން ޣައްޒާއަށް ހަނގުރާމަ ފެށި ފަހުން މިހާތަނަށް މަދުވެގެން 51,065 ފަލަސްތީނު މީހުން  ޝަހީދު ކޮށްލާފައިވާކަން ކަށަށަވަރު ކުރެވިފައިވެއެވެ. އަދި 116,505 މީހުން ޒަޚަމްވެފައިވެއެވެ. މި ހަނގުރާމަ ފެށުނުތާ 18 މަސް ވެއްޖެއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން މަރުވި މީހުންގެ އަދަދު އަޕްޑޭޓްކޮށް 61,700 އަށްވުރެ ގިނަ ކަމަށް ބުނެފައިވެއެވެ. އަދި ވެއްޔާއި ސިމެންތިކޮޅުތަކުގެ ދަށުގައި ގެއްލިފައިވާ ހާސްތަކެއް މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްގެ އިސްނެގުމުގައި ދިން ހަމަލާތަކުގައި އިސްރާއީލުގައި މަދުވެގެން 1,139 މީހުން މަރުވިއެވެ. އަދި 200 އަށްވުރެ ގިނަ މީހުން ހައްޔަރުކުރެވުނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާގައި އެތައް ކުޑަކުދިންނެއް ޝަހީދުވެއްޖެދުނިޔެ | 2 މަސް ކުރިންގަދަ ބާރުން ޣައްޒާގެ އާބާދީ ބޭރުކުރާނަން: ނަތަންޔާހޫދުނިޔެ | 4 މަސް ކުރިން"ބްލެކް މެއިލް ޓޫލް: ހަމާސްއިން އިސްރާއީލުގެ އެހީގެ ޕްލޭން ބަލައިނުގަންނަން ނިންމައިފިދުނިޔެ | 4 މަސް ކުރިން ހުކުރު ދުވަހުގެ ފަތިހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 64 މީހުން ޝަހީދުކޮށްލައިފިދުނިޔެ | 5 މަސް ކުރިން