logo
ދުނިޔެ

"ބްލެކް މެއިލް ޓޫލް: ހަމާސްއިން އިސްރާއީލުގެ އެހީގެ ޕްލޭން ބަލައިނުގަންނަން ނިންމައިފި

"ބްލެކް މެއިލް ޓޫލް: ހަމާސްއިން އިސްރާއީލުގެ އެހީގެ ޕްލޭން ބަލައިނުގަންނަން ނިންމައިފި

މިއަދު ހަމާސްއިން ވަނީ އިސްރާއީލުން ހުށަހަޅާފައިވާ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ޕްލޭން ބަލައިނުގަނެ އެއީ "ސިޔާސީ ބްލެކްމެއިލްގެ ވަސީލަތެއް" ކަމަށް ބުނެފައެވެ. އިސްރާއީލުން ހުށަހަޅާފައިވަނީ ބައިނަލްއަޤްވާމީ އެހީގެ އޭޖެންސީތައް މެދުވެރިނުކޮށް ސީދާ ޣައްޒާގެ އަސްކަރީ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމަށެވެ.

ހަމާސްއިން ބުނެފައިވަނީ އެހީ ފޯރުކޮށްދޭންވާނީ ކަމާބެހޭ ބައިނަލްއަޤްވާމީ ނުވަތަ ސަރުކާރުގެ އިދާރާތަކުން ކަމަށެވެ. އދ އާއި އިންސާނީ އެހީގެ ޖަމާއަތްތަކުން ވަނީ އިސްރާއީލުގެ މި "ނުރައްކާތެރި" ޕްލޭން ކުށްވެރިކޮށް، އެއީ "އަސްކަރީ ސަރަހައްދުތަކަށް" "ރޭޝަން" ފޯރުކޮށްދިނުމުގެ ގޮތުން ހުށަހަޅާފައިވާ ކަމެއްކަމަށް ބުނެފައެވެ. މި ހުށަހެޅުން އައިސްފައިވަނީ އިސްރާއީލުން 9 ހަފްތާއަށް ވުރެ ގިނަ ދުވަހު ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުން ހުއްޓުވާލާފައިވަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަނޑިވަޅުގައި، އިސްރާއީލުގެ އަސްކަރިއްޔާގެ އިސްވެރިޔާ އެޔަލް ޒަމީރު ވަނީ ޣައްޒާއަށް ކުރާ ހަމަލާތައް ފުޅާކުރުމަށް އެތައް ހާސް ރިޒާވިސްޓުންނަށް ގޮވާލާނެކަމަށް ބުނެފައެވެ.

އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން މިހާތަނަށް މަދުވެގެން 52,567 ފަލަސްތީނު ރައްޔިތުން މަރުވެ، 118,610 މީހުން ޒަޚަމްވެފައިވާކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެއެވެ. ނަމަވެސް ސަރުކާރުގެ މީޑިއާ އޮފީހުން މަރުވި މީހުންގެ އަދަދު 61,700 އަށް އަޕްޑޭޓްކޮށް، ސަތޭކަތަކުން މީހުން ވެއްޔާއި ސިމެންތިކޮޅުތަކުގެ ދަށުގައި ގެއްލިފައިވާކަމަށް ބުނެފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާގައި އެތައް ކުޑަކުދިންނެއް ޝަހީދުވެއްޖެދުނިޔެ | 2 މަސް ކުރިންގަދަ ބާރުން ޣައްޒާގެ އާބާދީ ބޭރުކުރާނަން: ނަތަންޔާހޫދުނިޔެ | 4 މަސް ކުރިން"ބްލެކް މެއިލް ޓޫލް: ހަމާސްއިން އިސްރާއީލުގެ އެހީގެ ޕްލޭން ބަލައިނުގަންނަން ނިންމައިފިދުނިޔެ | 4 މަސް ކުރިން ހުކުރު ދުވަހުގެ ފަތިހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަދުވެގެން 64 މީހުން ޝަހީދުކޮށްލައިފިދުނިޔެ | 5 މަސް ކުރިން