logo
Bank of Maldives

Bank of Maldives

ޚަބަރު

ދައުލަތުގެ އާމްދަނީ 17 އިންސައްތަ ދަށަށް

ދައުލަތުގެ އާމްދަނީ 17 އިންސައްތަ ދަށަށް

މި އަހަރުގެ ފަސް ވަނަ ހަފްތާގައި ދައަލަތުގެ އާމްދަނީ 17 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި ތަފާތު ހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ އަހަރުގެ މި ހިސާބުގައި ދައުލަތުގެ އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު މިހާތަނަށް ލިބިފައިވަނީ 3.8 ބިލިއަން ރުފިޔާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފަސް ވަނަ ހަފްތާއާއި އަޅާ ބަލާއިރު ޓެކްސް އާމްދަނީ ވަނީ 3 މިލިއަން ރުފިޔާ ދަށަށް ގޮސްފައެވެ. މިގޮތުން މިދިޔަ އަހަރުގެ މި ހިސާބަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 385 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު ލިބިފައިވަނީ 139 މިލިއަން ރުފިޔާއެވެ. ވިޔަފާރިއާއި ޕްރޮޕަޓީ ޓެކުހަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 1.73 ބިލިއަން ލިބިފައިވާއިރު، މި އަހަރު މިއަދަދު ވަނީ 1.3 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާ ގޮތުން، ބައެއް ޓެކްސް އާމްދަނީ ވަނީ އިތުރުވެފައެވެ. އެގޮތުން، ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 106.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ މި މުއްދަތުގެ ނިޔަލަށް 110.4 މިލިއަން ރުފިޔާ ވަނީ ލިބެފައެވެ. މީގެ އިތުރުން 33 މިލިއަން ރުފިޔާ އާއިއެކު ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނި ވެސް ވަނީ އިތުރުވެފައެވެ.

މި އަހަރުގެ ފަސް ވަނަ ހަފްތާގައި ދައަލަތުގެ ޚަރަދުތަށް ވެސް ވަނީ ދަށްވެފައެވެ. އެގޮތުން ސަރުކާރުގެ ދަތުރުތަކަށް ކުރެވުނު ޚަރަދު ވަނީ 29 މިލިއަން ރުފިޔާއިން 17 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއާއެކު އިދާރީ ޚިދުމަތްތަކަށް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް 242.1 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު، މި އަހަރުގެ މި ހިސާބަށް ޚަަރަދު ކޮށްފައިވަނިީ 123.1 މިލިއަން ރުފިޔާއެވެ.

ސަަރުކާރުގެ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމާ ގުޅޭ މުހިންމު ނިންމުންތަކެއް މިދިޔަ ބުދަ ދުވަހު ޕީސީބީން ވަނީ ޢާންމުކޮށްފައެވެ. އެހެން ނަމަވެސް އެ ނިންމުންތައް މިހާރު ޕީސީބީގެ ސޯޝަލް މީޑިޔާގެ މަންސަތަކުން ވަނީ ޑިލީޓުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީ ސަރުކާރުން އެސްބީއައިއިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި މި ސަރުކާރުން އެއްކޮށް ދައްކައި ޚަލާސްކޮށްފިޚަބަރު | 15 ގަޑިއިރު ކުރިންމިދިޔަ މަހުގެ ނިޔަލަށް އެއާޕޯޓް ފީއާ ޓެކްސްގެ ގޮތުގައި ދައުލަތަށް 2.5 ބިލިޔަން ރުފިޔާޚަބަރު | 14 ދުވަސް ކުރިންސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް މިއަހަރު 1.3 ބިލިޔަން ރުފިޔާ ޖަމާ ކޮށްފިޚަބަރު | މަހެއް ކުރިންކުންފުނިތައް ''ރައިޓް ސައިޒް'' ކުރުން: ދައުލަތުގެ މާލީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ފިޔަވަޅެއްރިޕޯޓް | މަހެއް ކުރިން