logo
MPL

MPL

ޚަބަރު

ރަސްފަންނަށް މޫދަށް އެރުން ވަގުތީގޮތުން މަނާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ފެބްރުއަރީ 2025 - 18:20
       ރަސްފަންނަށް މޫދަށް އެރުން ވަގުތީގޮތުން މަނާކޮށްފި

މާލޭގެ ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު ޢާންމުންނަށް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު އިއުލާނުކުރި ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ އެ ސަރަޙައްދުގައި ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކައުންސިލުން ހާމަކުރި ގޮތުގައި ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލަ ޙައްލުކުރުމަށްޓަކައި، އެ ސަރަޙައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މާދަމާ ހެނދުނު 9 ޖަހާއިރު ފެށޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ.

މި މަސައްކަތް ފެށި ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ. ނަމަވެސް މަސައްކަތް ނިމޭނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ޣާލިބުގެ ޢަމަލުން ދައްކުވައިދެނީ އެމްޑީޕީގެ ފެންވަރާއި ޣާލިބް މަގާމަށް ކުފޫ ހަމަނުވާކަން!ޚަބަރު | 2 މަސް ކުރިންހުޅުމާލޭގެ ދެ މިސްކިތެއްގެ ހާލަތު މޭޔަރާއި ކައުންސިލަރުން ބައްލަވާލައްވައިފިޚަބަރު | 5 މަސް ކުރިންއޮޑިޓް ރިޕޯޓް ލަސްވަމުންދާތީ މާލެ ސިޓީ ކައުންސިލުން އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްވެރިންނާ ބައްދަލުކޮށްފިޚަބަރު | 5 މަސް ކުރިންހަފުތާއެއް ތެރޭގައި މާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން 516 މައްސަލަ ބަލައިފިޚަބަރު | 5 މަސް ކުރިން