logo
Bank of Maldives

Bank of Maldives

ޚަބަރު

ހައްޖުވެރީން އުފުލުމަށް މޯލްޑިވިއަންއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުސައިން ވަސީމް
17 ފެބްރުއަރީ 2025 - 10:30
ހައްޖުވެރީން އުފުލުމަށް މޯލްޑިވިއަންއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެއިން ހައްޖުގެ އަޅުކަމަށްދާ ސައޫދީއަށް ދާ ހައްޖުވެރިންގެ ވައިގެ ދަތުރުތައް ހަމަޖެއްސުމަށް ހައްޖުކޯޕަރޭޝަނާއި ގައުމީ އެއާލައިން މޯލްޑިވިއަން އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުމުގައި ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، އަހަރުތަކެއް ފަހުން ދިވެހި ޙާޖީން، ދިވެހިންގެ އަމިއްލަ އެއާލައިނެއްގައި ޙައްޖަށް ދިއުމުގެ ފުރުސަތު ލިބިފައިމިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޙިކްމަތްތެރި ސިޔާސަތުތަކުގެ ސަބަބުން ޤައުމީ އެއާލައިނަށް އައިސްފައިވާ ބޮޑު ކުރިއެރުމުގެ ސަބަބުން ކަމަށެވެ. އަދި މިކަން ހަޤީޤަތަކަށް ވެގެން ދިއުމުން ހައްޖަށް ދާ ދިވެހީންނަށް އެތައްގޮތަކުން ލުއި ފަސޭހަ ވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ވިދާޅުވީ މިކަމުގެ ސަބަބުން ހައްޖު ކޯޕަރޭޝަނުން ހައްޖުގެ ދަތުރުފަތުރަށް ކުރަމުން އައި ހޭދަ އެތައްގޮތަކުން ކުޑަވެގެންދާނެ ކަމަށެވެ. އެގޮތުން ދަތުރުފަތުރަށް ކުރާ ހަރަދުގެ ތެރެއިން 3.6 މިލިއަން ރުފިޔާ ކުޑަވެގެންދާނެ ކަމަށް ޝަކީލް ވިދާޅުވި އެވެ. މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން 50 އިންސައްތަ ޙާޖީން އުފުލާނީ މޯލްޑިވިއަންގައި ކަމަށާ އެއީ 700 އެއްހާ ހާޖީން ކަމަށް ޝަކީލް ވިދާޅުވި އެވެ.

މީގެ އިތުރަށް ޝަކީލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި 100 އިންސައްތަ ހާޖީން ގައުމީ އެއާލައިންގައި އުފުލުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އުމްރާވެރިންވެސް ގައުމީ އެއާލައިންގައި އުފުލުމަށް މިހާރު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޝަކީލް ވިދާޅުވި އެވެ.

މޯލްޑީވިއަންގެ އެމްޑީ އިބްރާހީމް އިޔާސް ވިދާޅުވީ މޯލްޑިވިއަން އިން މިކަމުގެ ޒިންމާ ފުރިހަމަ އަށް އާޑަ ކުރާނެ ކަމަށެވެ. މިކަމަށްޓަކާ ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ ހުރިހާ އިންތިޒާމްތަކެއް ހަމަޖެހިފައިވާ ކަމަށް އިޔާސް ވިދާޅުވި އެވެ.

މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން މިއަހަރު ރާއްޖެއިން ޙައްޖަށް ދަތުރުކުރާ ޙާޖީންގެ 50 އިންސައްތަ ޙާޖީން އުފުލާނީ މޯލްޑިވިއަންއިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެޔޮ ގޮތުގައި އަދާކުރެވޭ "ޙައްޖު މަބްރޫރް" އެއްގެ ޖަޒާއަކީ ސުވަރުގެ : ހުތުބާޚަބަރު | 5 ގަޑިއިރު ކުރިންހައްޖުވެރިންގެ އެހީތެރިންނަށް ހާއްސަ ތަމްރީނުތަކެއް ދިނުމަށް ނިންމައިފިޚަބަރު | 6 ދުވަސް ކުރިންހައްޖަށްދާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފިޚަބަރު | 23 ދުވަސް ކުރިން"މިއީ އެންމެ ފެންވަރު ރަނގަޅު ހައްޖަށް ހެދުމަކީ އަމާޒެއް"ޚަބަރު | މަހެއް ކުރިން