logo
ޚަބަރު

ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށްޓަކައި ޚާއްސަ އޮފިޝަލުން ތަމްރީން ކުރަނީ

އަޙްމަދު ޒަލީފް
17 ފެބްރުއަރީ 2025 - 12:56
ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށްޓަކައި ޚާއްސަ އޮފިޝަލުން ތަމްރީން ކުރަނީ

ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށްޓަކައި ޚާއްސަ އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން ކުޅިވަރާއި ބެހޭ ވުޒާރާއާއި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯ އާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށް އާދިއްތަ ދުވަހު ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ކުޅިވަރާއި ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކުރުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ސިއްހީ އޮފިޝަލުންނާއި، ކޯޗުންނާއި، ރެފްރީންނާއި އަމްޕަޔަރުން  ތަމްރީން ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ބައިނަލްއަގްވާމީ އެއްބާރުލުން ހޯއްދެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އިސްކަން ފާހަގަ ކުރެއްވިއެވެ. އަދި އިއްޔެ ސޮއި ކުރެވުނު އެއްބަސްވުމަކީ އެކަމުގެ ހެއްކެއްކަމުގައި ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ދެގައުމުން އެއްބާރުލުންދިނުމާއި ބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯގެ ޑިރެކްޓަރ ޖެނެރަލް ޑޮން ޖިން ސޮންއެވެ.

އެ އެއްބަސްވުމުގެ ދަށުން، ދެ ޤައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ޓީމުތައް އަދި ކުލަބުތަށް ކުރިއެރުވުމަށް އެހީވުން ހިމަނާފައިވެއެވެ.

ވަޒީރު ވިދާޅުވީ އެ އެއްބަސްވުމަކީ މި އަމާޒު ހާސިލުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ އެއްބަސްވުމުގެ ސަބަބުން ކޯޗިން އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ބައިނަލްއަގްވާމީ ކުޅިވަރު އިވެންޓްތަކުގައި ދެ ފަރާތުން ބައިވެރިވުމާއި ކުޅިވަރު ތަމްރީނު ކޭމްޕްތައް ބޭއްވުމަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެއްބާރުލުންދީގެން ކުޅިވަރު ތަރައްޤީކުރުމުގައި ހުރިހާ ފަރާތްތަކެއް ހިމެނޭކަން ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތަށް ކުރިއެރުންތައް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި އަހަރު ވެގެންދާނީ ކުޅިވަރުގެ ގިނަ މަޝްޢޫތައް ނިންމާ ހައްލު ގެނެސްދޭ އަހަރަކަށް: ވަޒީރު ރާފިޢުޚަބަރު | 2 މަސް ކުރިންސާބާ ކޮލިފަޔާސްގައި ރާއްޖޭގެ އަންހެން ޓީމަށް ލޯ މެޑަލްކުޅިވަރު | 3 މަސް ކުރިންތިން ރަން މެޑެލް ހޯދައިގެން ލައިބާ ރާއްޖެ އައުމުން ހޫނު މަރުހަބާއެއްޚަބަރު | 3 މަސް ކުރިންކުޅިވަރާބެހޭ ވަޒީރު ވަޒީރު އަބްދުﷲ ރާފިއު އެމެރިކާގެ ސަފީރާއި ބައްދަލުކުރައްވައިފިކުޅިވަރު | 3 މަސް ކުރިން