logo
Bank of Maldives

Bank of Maldives

ޚަބަރު

ރޯދަމަހު ބަރު އުޅަނދު ދުއްވޭނެ ގަޑިތައް ކަނޑައަޅައިފި

އަޙްމަދު ޒަލީފް
18 ފެބްރުއަރީ 2025 - 12:48
ރޯދަމަހު ބަރު އުޅަނދު ދުއްވޭނެ ގަޑިތައް ކަނޑައަޅައިފި

ރަމަޟާންމަހު މާލޭ ސިޓީގައި ބަރު އުޅަނދު ދުއްވޭނެ ވަކި ގަޑިތަކެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެގޮތުން، ރަމަޟާންމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލުމަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމަހުގެ 7 ވަނަ ދުވަހާއި ހަމައަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މާލޭ މަގުމަތީގައި މުދާ އުފުލޭނެ ގަޑިތައް ކަމަށް ކަނޑައަޅާފައިވަނީ ހެނދުނު 09:30 އިން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން ހެނދުނު 06:00 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިނޫން ގަޑިތަކުގައި ބަރު އުޅަނދު އަދި އެހެނިހެން މުދާ އުފުލާ އުޅަނދުފަހަރުގައި މުދާ އުފުލުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކުގައި ހަވީރު 16:30 އިން ފެށިގެން ރޭގަނޑު 20:00 އާއި ދެމެދު ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު މާލޭ ސަރަހައްދުގެ މަގުތަކުގައި ދުއްވުން މަނާވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ ބިޒަނަސް "ކޮވެލި ލައުންޖް" ރަސްމީކޮށް ހުޅުވައިފިޚަބަރު | 4 ގަޑިއިރު ކުރިންރޯދަމަހު ބަރު އުޅަނދު ދުއްވޭނެ ގަޑިތައް ކަނޑައަޅައިފިޚަބަރު | 7 މަސް ކުރިންފާއިތުވި އަހަރު 7،606 އުޅަނދަކަށް ފިޔަވަޅު އަޅައިފި ޚަބަރު | 8 މަސް ކުރިންރުޕޭ ކާޑާއެކު އިންޑިޔާގެ ފަތުރުވެރިންގެ އަދަދު އިތުރު ކުރެވޭނެ ޚަބަރު | އަހަރެއް ކުރިން