logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ކޯސްތަކެއް ބޭރުގައި އެބަ ހިންގާ، ފިޔަވަޅު އަޅާނަން - އެމްކިޔުއޭ

އަޙްމަދު ޒަލީފް
18 ފެބްރުއަރީ 2025 - 13:44
ރާއްޖޭގެ ކޯސްތަކެއް ބޭރުގައި އެބަ ހިންގާ، ފިޔަވަޅު އަޅާނަން - އެމްކިޔުއޭ

ރާއްޖޭގައި ހިންގަން ހުއްދަ ދީފައިވާ ކޯސްތަކާއި ޕްރޮގްރާމްތަކެއް ރާއްޖެއިން ބޭރުގައި ހިންގަމުންދާ ކަމަށް މޯލްޑިވްސް ކޮލިފިލޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.

ރާއްޖޭގައި ހިންގަން ހުއްދަ ދީފައިވާ ޕްރޮގްރާމްތައް ބައެއް މަރުކަޒުތަކުން، ރާއްޖެއިން ބޭރުގައި އިޝްތިހާރުކޮށް އަދި ސެޓްފިކެޓު ދީފައިވާ ކަމަށް ބޭރުގެ ބައެއް އިދާރާތަކުން މައުލޫމާތު ދީފައިވާ ކަމަށާއި އެމްކިއުއޭއިން އެކްރެޑިޓުކޮށްފައިވާ ޕްރޮގްރާމްތައް ހިންގާފައި ވަނީ އެ އިދާރާއިން ގަބޫލުނުކުރާ ބޭރުގެ މަރުކަޒުތަކުގައި ކަމަށް ވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން، އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ހިލާފަށް ހިންގާ ކޯސްތަކުން ދޭ ސެޓްފިކެޓުތައް ބަލައިނުގަންނާނެ ކަމަށާއި ޤަވައިދާ ޚިލާފަށް ސެޓްފިކެޓް ދިނުމުގެ ސަބަބުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ދަރިވަރުންނަށް ގިނަ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. 

އެމްކިއުއޭ އިން ވަނީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ދީފައިވާ ގޮތާ އެއްގޮތަށް ހިންގުމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް އިލްތިމާސްކޮށްފަ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ގަބޫލުކުރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުޚަބަރު | 8 ދުވަސް ކުރިންގަވާއިދާ ހިލާފަށް ލަންކާގައި ކޯސްތަކެއް ހިންގާތީ ކިޔަވަންދާ ފަރާތްތަކުން ސަމާލުވާން އެދިއްޖެޚަބަރު | މަހެއް ކުރިންފޭކް ސެޓްފިކެޓްތައް ގިނަވެ، އެމްކިޔުއޭގެ އުޞޫލުތައް ހަރުދަނާ ކުރަނީ ޚަބަރު | 5 މަސް ކުރިންރާއްޖޭގެ ކޯސްތަކެއް ބޭރުގައި އެބަ ހިންގާ، ފިޔަވަޅު އަޅާނަން - އެމްކިޔުއޭ ޚަބަރު | 9 މަސް ކުރިން