logo
MPL

MPL

ޚަބަރު

ޚާރިޖީ ވަޒީރު ޚަލީލް ލަންކާއަށް ވަޑައިގަންނަވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ފެބްރުއަރީ 2025 - 06:15
ޚާރިޖީ ވަޒީރު ޚަލީލް ލަންކާއަށް ވަޑައިގަންނަވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި މިއަދު ސްރީލަންކާއަށް ވަޑައިގެންފިއެވެ.

ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޑރ. ޚަލީލް ލަންކާއަށް ވަޑައިގަތީ އެ ގައުމުގެ ޚާރިޖީ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރު ވިޖިތަ ހެރާތު ދެއްވި ދަޢުވަތަކަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށާއި، މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކައާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާ ބައްދަލުކުރައްވާނެ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

މީގެ އިތުރުން، ސްރީލަންކާގެ ޚާރިޖީ ވަޒީރު ވިޖިތަ ހެރާތުއާއެކު ރަސްމީ މަޝްވަރާތައް ވެސް ބާއްވަވާނެ ކަމަށް އެ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.

ޚާރިޖީ ވުޒާރާއިން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ޑރ. ޚަލީލް، ސްރީލަންކާގެ އަމިއްލަ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެއެވެ. އަދި ހަމައެއާއެކު، ސްރީލަންކާގައި ދިރިއުޅޭ ދިވެހީންގެ ހާލު ބައްލަވައިލެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދޭން ގުޅިގެން މަސައްކަތް ކުރުމަށް އޯއައިސީގައި ރާއްޖެއިން ގޮވާލައިފިޚަބަރު | 19 ދުވަސް ކުރިންމިނިސްޓަރު އިރުތިޝާމު އިރާގުގައިޚަބަރު | 19 ދުވަސް ކުރިންސައޫދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާ: އެއްވެސް ދިވެއްސަކަށް އަސަރެއް ނުކުރޭ!ޚަބަރު | 25 ދުވަސް ކުރިންއިތުރު ހަތަރު ގައުމެއްގައި އެމްބަސީތައް ގާއިމު ކުރަނީޚަބަރު | މަހެއް ކުރިން