logo
ކުޅިވަރު

އަޔާގެ ފަހުވަގުތުގެ ގޯލާއެކު، ޕެނަލްޓީގައި މަތިވެރިބަލިކޮށް ވާދޫ ސެމީއަށް

އަބްދުﷲ ޣާނިމް
19 ފެބްރުއަރީ 2025 - 06:37
ވާދޫޢިން ވަނީ ޕެނަލްޓީގައި މަތިވެރި ބަލިކޮށްފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ
ވާދޫޢިން ވަނީ ޕެނަލްޓީގައި މަތިވެރި ބަލިކޮށްފައި. ފޮޓޯ: އިމޭޖެސް.އެމް.ވީ

ގޯލްޑަން ފުޓްސަލް މުބާރާތުގެ ކުއާޓަރ ފައިނަލުގައި އއ. މަތިވެރި ބަލިކޮށް މުބާރާތުގެ ސެމީގެ ޖާގައެއް ގދ. ވާދޫއިން ހޯދައިފިއެވެ. ރޭގައި ކުޅެވުނު މިމެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމު އެއްވަރުވެގެންނެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މިދިޔަ އަހަރުގެ މިމުބާރާތުގެ ކުއާޓަރ ފައިނަލާއި ހަމައަށް މަތިވެރި ދަތުރުކުރިނަމަވެސް ގަމު އަތުން ބަލިވެގެން އެފަހަރު މުބާރާތުން ވަނީ ކަޓާފައެވެ. އަދި ވާދޫ ވަނީ މިދިޔަ އަހަރުގެ ޒޯނުބުރުން ކަޓާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ޒޯނު 7 ގެ ޗެންޕިއަން ވާދޫއިން ކަށަވަރުކުރީ ޕެނަލްޓީގައި ދިއްދޫ ބަލިކޮށްގެންނެވެ. އަދި އއ. ގެ ޗެންޕިއަން މަތިވެރި ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދީ ގަދަ 16 ގައި ކުޑަހުވަދޫ ޕެނަލްޓީ ޖަހައިގެން ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ގޯލުޖަހާފައިވަނީ ފުރަތަމަ ހާފުގެ ފަހު 30 ސިކުންތުގައި ލިބުނު ކައުންޓަރ އެއްގައި ވާދޫގެ އަބްދުﷲ އާހިލް އަލީއެވެ. ދެވަނަ ހާފުގެ 4 ވަނަ މިނެޓުގައި މަތިވެރީގެ މުހައްމަދު ޝަފުރާޒު ވަނީ އަޔާ އަތުން ބޯޅަ ހޯދައިގެންގޮސް ރީތިގޯލެއް ގޯލުގެ ކަނަށް ފޮނުވާލައިގެން ނަތީޖާ ހަމަކޮށްފައެވެ. އަދި އޭގެ 2 މިނެޓުފަހުން މަތިވެރިއަށް ލިބުނު ހިލޭ ޖެހުމެގައި ލިބުނު ބޯޅައަލުން ގޯލުކީޕަރު އިމްރާނު ވަނީ ގޯލުޖަހައި މަތިވެރިއަށް ލީޑުނަގައިދީފައެވެ. އަދި ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ކައުންޓަރ އެއްގައި މަތިވެރީގެ އަލްސަން ވަނީ ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި 6 ފައުލް ހަމަވުމާއެކު ވާދޫއަށް ލިބުނު ދުރު ޕެނަލްޓީއެއްގައި ނާއިލް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އަދި އޭގެ މިނެޓެއްފަހުން ނާއިލް ވަނީ އަނެއްކާވެސް ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަކޮށްފައެވެ.

މެޗުނިމޭން 52 ސިކުންތަށް ވެފައިވަނިކޮށް މަތިވެރީގެ ޝަފްރާޒް ވަނީ އެތީމަށް ދެވަނަ ފަހަރަށް ލީޑުނަގައިދީފައެވެ. ނަމަވެސް އޭގެ 10 ސިކުންތުފަހުން ވާދޫގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ވަނީ ގޯލެއް ޖަހައި މެޗު 4-4 އިން އެއްވަރުކޮށްދީފައެވެ.

ޕެނަލްޓީގައި ވާދޫއިން 4 ގޯލު ކާމިޔާބުކޮށްފައިވާއިރު، މަތިވެރިއަށް ކާމިޔާބުކުރެވުނީ 2 ޕެނަލްޓީއެވެ. މެޗުނިމުނީ 6-8 އިން ވާދޫ ސެމީއަށް ދަތުރުކޮށްގެންނެވެ.

މިމޮޅާއެކު ވާދޫ ސެމީގައި ވާދަކުރަންޖެހޭނީ ކާށިދޫއާއި ދެކޮޅަށެވެ. މިމެޗު ކުޅެންހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުގެ ރޭގަނޑު 10:00 ގައެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިކުޅިވަރު | 2 މަސް ކުރިންރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއްކުޅިވަރު | 6 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 6 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 6 މަސް ކުރިން