logo
ކުޅިވަރު

ފަހަތުން އަރައި ވިލިމާލެ ބަލިކޮށް ކާށިދޫއިން ސެމީގެ ޖާގައެއް ހޯދައި ތާރީޚުގެތެރެއަށް

އަބްދުﷲ ޣާނިމް
19 ފެބްރުއަރީ 2025 - 07:07
މެޗުގެ މޮޅުކުޅުންތެރިޔާ އަޖުލާން އަބްދުލް ހަންނާން. ފޮޓޯ: އިމޭޖެސް.އެމް.ވީ
މެޗުގެ މޮޅުކުޅުންތެރިޔާ އަޖުލާން އަބްދުލް ހަންނާން. ފޮޓޯ: އިމޭޖެސް.އެމް.ވީ

ވިލިމާލެ 2 ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި 3 ގޯލުޖަހައި، މުބާރާތުގެ ސެމީގެ ޖާގައެއް ކާށިދޫއިން ފުރަތަމަ ފަހަރަށް ހޯދައިފިއެވެ.

މިމުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ކާށިދޫއިން ހޯދާފައިވަނީ ޕެނަލްޓީގައި ވަރުގަދަ ތިމަރަފުށި ބަލިކޮށްފައެވެ. އަދި ކުއާޓަރ ފައިނަލުގެ ޖާގައެއް ޒޯން 8 ގެ ޗެންޕިއަން ވިލިމާލެއިން ހޯދީ ދުވާފަރު 2-4 އިން ބަލިކޮށްގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ވިލިމާލެއިން ގޯލުކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާށިދޫގެ 5 ފައުލް ހަމަވުމާއި ގުޅިގެން ލިބުނު ދުރު ޕެނަލްޓީއެއްގައި އަބްދުﷲ ޝައްފާން (ޝާކާ) އެވެ. އަދި ހާފުނިމޭން 3 މިނެޓަށްވެފައިވަނިކޮށް ވިލިމާލޭގެ ދެވަނަ ގޯލުކާމިޔާބުކޮށްދިނީ އިސްމާއިލް ވިފާޤްއެވެ. ފުރަތަމަ ހާފުގެ ފަހު 12 ސިކުންތައް ވެފައިވަނިކޮށް ވިލިމާލޭގެ 5 ފައުލް ހަމަވުމާއިގުޅިގެން ކާށިދޫގެ އަޖުވަދު ފޮނުވާލި ދުރު ޕެނަލްޓީ އާއި ޕެނަލްޓީގެ ރީބައުންސް ވިލިމާލޭގެ ކީޕަރު ދިފާޢުކުރިނަމަވެސް، 3 ވަނަ ފަހަރަށް ލިބުނު ބޯޅައިގައި އިސްމާޢީލް ރަޔާން ވަނީ ގޯލުޖަހައި، ކާށިދޫއަށް އުއްމީދު އާކޮށްދީފައެވެ.

މެޗު އެއްވަރުކޮށްދިން ގޯލު ކާށިދޫއިން ޖެހީ ދެވަނަ ހާފުގެ 4 ވަނަ މިނެޓުގައި އަޖުލާންއެވެ. އަދި މެޗުނިމޭން 4 މިނެޓަށްވެފައިވަނިކޮށް އަޖުލާން ވަނީ އޭނާގެ ދެވަނަ ގޯލުޖަހައި ކާށިދޫ ސެމީފައިނަލަށް ގެންގޮސްދީފައެވެ.  

ކާށިދޫއަކީ މިމުބާރާތުގެ މިފަހަރުގެ އެންމެ ސަޕްރައިޒިން ޓީމެވެ. އެގޮތުން އަތޮޅުބުރުގައި ތަށި ނުލިބުނުނަމަވެސް، ފައިނަލަށް ދަތުރުކޮށްފައިވަނީ އެންމެ ވަރުގަދަ ގާފަރު ބަލިކޮށްގެންނެވެ. އަދި ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށި ބަލިކޮށްގެންނެވެ.  

މިމޮޅާއެކު ކާށިދޫ ސެމީގައި ވާދަކުރަންޖެހޭނީ ވާދޫއާއި ދެކޮޅަށެވެ. މިމެޗު ކުޅެންހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުގެ ރޭގަނޑު 10:00 ގައެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯލްޑަން ފުޓްސަލް މުބާރާތް 2026 ގައި ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައިފިކުޅިވަރު | 2 މަސް ކުރިންރާއްޖޭގެ އާ ފުޓްސަލް ޗެމްޕިއަން ކާށިދޫ އަށް ރަށުން ހޫނު މަރުހަބާ އެއްކުޅިވަރު | 6 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 6 މަސް ކުރިންނާވައިދޫ ބަލިކޮށް ކާށިދޫ ފުޓްސަލްގެ ރަސްކަމަށްކުޅިވަރު | 6 މަސް ކުރިން