logo
Bank of Maldives

Bank of Maldives

ޚަބަރު

ހަތިޔާރާއެކު ސިފައިންގެ ތަމްރީންތަނެއް އިސްދޫގައި

އަޙްމަދު ޒަލީފް
19 ފެބްރުއަރީ 2025 - 13:55
ހަތިޔާރާއެކު ސިފައިންގެ ތަމްރީންތަނެއް އިސްދޫގައި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ލ. އިސްދޫގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ސިފައިންގެ ތަމްރީނު ޕްރޮގްރާމެއް އިސްދޫގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު މި މަހުގެ 17 ވަނަ ދުވަހު އެ އިދާރާއިން ވަނީ ޅ. މާފިލާފުށީގައި އަސްކަރީ ތަމްރީނުތަކެއް ފަށާފައެވެ. ފަސް ދުވަހުގެ މި ތަމުރީނުތައް މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއެންޑީއެފުން ބުނިގޮތުގައި މި ތަމްރީނުތަކުގައި ބޭނުންކުރާ ފްލެއަރސް ދަތުރުކުރާނީ ޅ. މާފިލާފުށިގެ ވަށައިގެން 200 މީޓަރ ދުރުމިނަށެވެ. އަދި ފުލެއަރސް ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:00 އިން ހަވީރު 6:00 އަށެވެ. އެމްއެންޑީއެފްއިން ބުނީ މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ ކަމަށެވެ. ނަމަވެސް، ލައިވް ވަޒަނާއި ގޮވާ ޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް މި ތަމްރީނުތަކުގައި ބޭނުން ނުކުރާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ރިޓަޔަރ ކުރައްވައިފިޚަބަރު | 17 ދުވަސް ކުރިންމިނިވަން ދުވަހުގެ މުނާސަބަތުގައި، ސިފައިންނާއި ފުލުހުންނާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | 2 މަސް ކުރިންހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ނިންމާލައިފިޚަބަރު | 4 މަސް ކުރިންދިފާޢީ ބާރު ވަރުގަދަ ކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫން، އެއީ ފަޚްރުވެރިކަމާ އެކީ ކުރަންޖެހޭ ކަމެއް: ރައީސްޚަބަރު | 5 މަސް ކުރިން