logo
Bank of Maldives

Bank of Maldives

ދުނިޔެ

ހަމާސްގެ ބެލުމުގެ ދަށުގައިވާ ޔަހޫދީ 4 މީހެއްގެ ހަށިގަނޑު ޔަހޫދީންނާ ހަވާލުކުރަނީ

އާމިނަތު ޝަފާ
20 ފެބްރުއަރީ 2025 - 05:23
ހަމާސްގެ ބެލުމުގެ ދަށުގައިވާ ޔަހޫދީ 4 މީހެއްގެ ހަށިގަނޑު ޔަހޫދީންނާ ހަވާލުކުރަނީ

ހަމާސްގެ ބެލުމުގެ ދަށުގައިވާ ޔަހޫދީ 4 މީހެއްގެ ހަށިގަނޑު ޔަހޫދީންނާ ހަވާލުކުރާނެކަމަށް ހަމާސްއިން ބުނެފިއެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށް ވަގުތީ ނިމުމެއް ގެނައުމަށް އެކުލަވާލެވުނު އެއްބަސްވުމުގެ ދަށުން އިސްރާއީލާއި ހަމާސް އާ ދެމެދުވަނީ ހަވަނަ ފަހަރަށް އަސީރުން ބަދަލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މީގެ އިތުރުން ޙަމަލާތައް ދާއިމީކޮށް ހުއްޓާލައި، ޔަހޫދީންގެ އިސްތިޢުމާރީ ފައުޖު ޣައްޒާގެ ހުރިހާ ސަރަޙައްދުތަކުން ފައިބަން އެއްބަސްވާނަމަ، ޙަމާސް ޖަމާޢާތުގެ ބެލުމުގެ ދަށުގައި ބާކީތިބި ހުރިހާ އަސީރުން އެއްފަހަރާ މިނިވަންކުރަންވެސް އެ ޖަމާއަތުންވަނީ ހުށަހަޅާފައެވެ.

އަދި މިއަދު ހަމާސްއިން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައިވާ 4 މީހެއްގެ ހަށިގަނޑު ޚާން ޔޫނިސްގައި ޔަހޫދީންނާ ހަވާލުކުރާނެކަމަށް ބުނެފައެވެ.

ހަމާސްގެ ފަރާތުން ސުލްހައިގެ އެއްބަސްވުމަށް އެއްބާރުލުން ދިން ނަމަވެސް އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދޭން އެއްބަސްވެފައިވާ އިންސާނީ އެހީގެ ތެރެއިން 1،35،000 މޯބައިލް ގެ އާއި 500 ބުލްޑޯޒަރުގެ ބޮޑު ބައެއް ޣައްޒާއަށް ވައްދަން އަދިވެސް ޔަހުދީން ހުރަސްއަޅަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި އަވަސްކުރުމުގެ ގޮތުން، ހޮނިހިރު ދުވަހު މިނިވަންކުރަން ނިންމާފައިއޮތް އަސީރުންގެ އަދަދު 3އިން 6އަށް އިތުރުކޮށްފައިވާ ކަން ޙަމާސްގެ ވެރިޔާ ޚަލީލް އަލް-ޙައްޔާ ވަނީ އިޢުލާނުކުރައްވައިފައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް 48،297 ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާ އިރު، 111،733 މީހުން ޒަހަމްވެފައިވެއެވެ. ނަމަވެސް ޣައްޒާގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު 61،709 އަށް އަރާފައިވާކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުވެއްޖެ ދުނިޔެ | 2 ދުވަސް ކުރިންހަމާސްއިން ޔަހޫދީ އަސީރުން މިނިވަންކުރަން ފަށައިފި ޚަބަރު | 2 މަސް ކުރިންމުޙައްމަދު ސިންވާރުވެސް ޝަހީދުވެއްޖެ World | 6 މަސް ކުރިންސިފައިން މަދުވެ ޔަހޫދީންނަށް ދަތިތަކާ ކުރިމަލާން ޖެހިއްޖެ ޚަބަރު | 8 މަސް ކުރިން