logo
Bank of Maldives

Bank of Maldives

ޚަބަރު

ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުން މި މަހު 28 ވާ ހުކުރު ދުވަހު ބާއްވަނީ

އާމިނަތު ޝަފާ
20 ފެބްރުއަރީ 2025 - 07:03
ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުން މި މަހު 28 ވާ ހުކުރު ދުވަހު ބާއްވަނީ

އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުން މި މަހު 28 ވާ ހުކުރު ދުވަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައިނަމަ، މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި ކަމަށާއި އަތޮޅު ތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައި ކަމަށެވެ. މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ޙަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަނދު ފެނިގެން އެ މަޢުލޫމާތު ދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މި ނޫން ވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެކަމަށް ޑީޖޭއޭއިން މައުލޫމާތުދެއެވެ.

ޑީޖޭއިން ބުނެފައިވަނީ ރަމަޟާން މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 1446 ޝަޢުބާން 29 ނުވަތަ މި މަހުގެ 28ވާ ހުކުރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެކަމަށެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް މާލޭގައިނަމަ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް، ރަށްރަށުގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ ހަނދާބެހޭ މަޢުލޫމާތު ދެއްވުން އެދޭކަމަށާއި ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޚަރަދު ދޭ ގޮތަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މާޗްމަހުގެ ފުރަތަމަ ދުވަހެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭޚަބަރު | 5 ގަޑިއިރު ކުރިންކޯޓުތަކުގެ މަސައްކަތް ހަލުވި ކުރުމަށް އައިސީއެމްއެސް އިފްތިތާޙުކޮށްފި ޚަބަރު | 7 މަސް ކުރިންޝައްވާލު މަހުގެ ހަނދު ސާބިތުކުރުން މާދަމާ ޚަބަރު | އަހަރެއް ކުރިންރަމަޟާން މަހުގެ ހަނދު ސާބިތު ކުރުން މި މަހު 28 ވާ ހުކުރު ދުވަހު ބާއްވަނީ ޚަބަރު | އަހަރެއް ކުރިން