logo
Bank of Maldives

Bank of Maldives

ޚަބަރު

5 ކައުންސިލަކުން 7 ފަޅުރަށެއް ހޯދުމަށް އެދިފައިވޭ: އާދަމް ޝަރީފް

5 ކައުންސިލަކުން 7  ފަޅުރަށެއް ހޯދުމަށް އެދިފައިވޭ: އާދަމް ޝަރީފް

ފަސް ކައުންސިލަކުން ހަތް ރަށް ހޯދުމަށް މިހާރު ހުށައަޅައިފައިވާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ތިން ކައުންސިލަކުން ހުށައެޅި ޕްރޮޕޯސަލް ވަޒަންކުރުމަށް ފަހު ރ. އިނގުރައިދޫ، ދ.އަތޮޅު ކައުންސިލް އަދި ލ. މާވަށު ކައުންސިލަށް ފަޅު ރަށް ޙަވާލުކުރެވިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކޮށް، ރަށްރަށުގެ ރައްޔިތުންގެ އިޤްތިޞާދީ ޙާލަތު ކުރިއެރުވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފައިވާ ސިޔާސަތުގެ ދަށުން ތިން ކައުންސިލަކަށް ހަތަރު ފަޅު ރަށް ޙަވާލުކުރެވިފައިވާ ކަމަށްވެސް ވަޒީރުވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ފަސް ކައުންސިލަކުން ހަތް ރަށް ހޯދުމަށް މިހާރު ހުށައަޅައިފައިވާ ކަމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ވަނީ ވިދާޅުވެފައެވެ. އެއީ ހދ. އަތޮޅު ކައުންސިލުން ހދ. ފަރިދޫ، ރ. ދުވާފަރު ކައުންސިލުން ރ. ހިބޫދޫ، ފ. އަތޮޅު ކައުންސިލުން ފ. މަކުނުއެރި، ގއ. ދެއްވަދޫ ކައުންސިލުން ގއ. ވިލިގަލާ އަދި ގދ. އަތޮޅުކައުންސިލުން ގދ. މާނައިދޫއާއި، ވާރެއިދުވާއާއި އަދި ލޮނުދޫ ހޯދުމަށް އެދި ހުށައަޅާފައިވާ ކަމަށެވެ.

ރަށްރަށަށް އާމްދަނީ ލިބޭގޮތަށް ކައުންސިލްތަކުން ކުރިއަށްގެންދާ ވިޔަފާރީގެ މަސައްކަތްތަކަށް ފަސޭހައިން ހުއްދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެގޮތުން ކޮންމެ ރަށަކުން އިޤްތިޞާދީ މަސައްކަތްތަކަށް ބޭނުންކުރުމަށް ފަޅުރަށް ހަމަޖައްސައިދިނުމަކީ މީގެދަށުން ކުރުމަށް ނިންމާފައިވާ އެންމެ ބޮޑު އެއް މަސައްކަތެވެ.

މި ގަވާއިދުގެ ދަށުން ޕްރޮޕޯޒަލް ހުށައަަޅައިގެން ހޮވޭ ކައުންސިލްތަަކަށް ފަޅުރަށްތަށް ދޫކުރަން ނިންމާފައިވަނީ 25 އަހަރަށެވެ.

ކައުންސިލްތަކަށް ފަޅުރަށް ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވި ސިޔާސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުއްވި ކައުންސިލްތަކަށް ފަޅުރަށް ޙަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ނިންމަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރޯދަ ހަދިޔާ ބެހުމުގެ ކަންކަން ކުރިއަށް ދިޔައީ ރަނގަޅަށް އިންތިޒާމުވެގެން: މިނިސްޓަރ އާދަމް ޝަރީފްޚަބަރު | 17 ދުވަސް ކުރިންދުވާފަރު ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް ފަށައިފިޚަބަރު | 3 މަސް ކުރިންއެމްޑީޕީގެ ކޮރަޕްޝަންތައް ސަމާލުކަމަށް ގެނައުމުން އެމްޑީޕީގެ މެޖޯރިޓީއޮތް މަޖިލީހުން ވެސް މިނިވަން މުއައްސަސާތަކުން ވެސް އަޅައެއްނުލި: އާދަމް ޝަރީފްޚަބަރު | 6 މަސް ކުރިންދައުލަތުން ބަޖެޓު ދިނުމަށްވުރެ ކައުންސިލްތަކުގެ ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ އިތުރުކުރުން މުހިންމު ޚަބަރު | 6 މަސް ކުރިން