logo
Bank of Maldives

Bank of Maldives

ޚަބަރު

ނުގަވާއިދަށް ޕާކުކޮށްގެން ޓޯވް ކުރާ ވެހިކަލްތައް ދެން ދޫކުރާނީ 48 ގަޑިއިރު ފަހުން

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
11 ސެޕްޓެމްބަރު 2024 - 10:18
މާލޭގެ މަގުމަތި: ގަވާއިދާ ޚިލާފަށް ޕާކު ކުރާ އުޅަނދުތައް މީގެ ފަހުން ދޫކުރަނީ 48 ގަޑިއިރު ފަހުން-- ފޮޓޯ/ އަދަދު
މާލޭގެ މަގުމަތި: ގަވާއިދާ ޚިލާފަށް ޕާކު ކުރާ އުޅަނދުތައް މީގެ ފަހުން ދޫކުރަނީ 48 ގަޑިއިރު ފަހުން-- ފޮޓޯ/ އަދަދު

ނުގަވާއިދަށް ޕާކުކުރުމުގެ ސަބަބުން ޓޯވްކުރާ ވެހިކަލްތައް މީގެ ފަހުން އެމީހަކަށް އަނބުރާ ލިބޭނީ، އެ ސައިކަލެއް 48 ގަޑިއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު ފަހު ނޫނީ ހަވާލު ނުކުރެވޭ ގޮތަށް ގަވާއިދަށް އިސްލާޙު ގެނެސްފިއެވެ.

އެއްގަމު ދަތުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އެއްގަމު އުޅަނދާ ބެހޭ ގަވާއިދަށް ގެނައި އިސްލާޙުގެ ދަށުން، ގަވާއިދާ ޚިލާފަށް ދުއްވައި އަދި ޕާކު ކުރުމުގެ ސަބަބުން ފުލުހުން ޢަމަލުކުރާ އުސޫލަށް ވަނީ ބަދަލުގެނެސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ދުވެލީގެ މިންގަޑާ ޚިލާފަށް ދެ ފަހަރަށް ވުރެ ގިނަ ފަހަރު ދުއްވުމުގެ ސަބަބުން ފުލުހުން ހިފަހައްޓާފައިވާ އުޅަނދެއް ނަމަ، އެ އުޅަނދެއް ދޫކުރާނީ 15 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ. އަދި ލައިސަންސް އޮވެގެން ދުއްވަން ޖެހޭ އެއްގަމު އުޅަނދެއް ލައިސަންސް ނުނަގައި ދުއްވުމާއި، ނުރައްކާތެރިކޮށް އަދި ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން އެ އުޅަނދެއް ދޫކުރާނީ 30 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.

މީގެ އިތުރުން، ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި އޮތް އުޅަނދެއް ޓޯވް ކޮށްފިނަމަ، އެ އުޅަނދެއް ވެސް ދޫކުރާނީ 48 ގަޑިއިރު ހަމަވުމުންނެވެ. އެއީ އެ އުޅަނދަކަށް އަރާ ޖޫރިމަނާ ދެއްކި ނަމަވެސް މެއެވެ.

މި އިސްލާހުގެ ކުރިން އޮންނަ ގޮތުން، އެގޮތަށް ޓޯވް ކުރާ އުޅަނދުތަކުގެ ޖޫރިމަނާ ފައިސާ ދެއްކުމުން ފުލުހުންގެ ބެލުމުގެ ދަށުން ދޫކުރެއެވެ.

މި އިސްލާހުގައި އެ ނޫނަސް، އިތުރު ގިނަ ކަންކަމަކަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން:

  • އުޅަނދުގެ އަސްލު ގެއްލޭ ގޮތަށް ބަދަލު ގެނެސްގެން ދުއްވާ އުޅަނދެއް، އެކަމަށް ރަނގަޅުނުކޮށްފި ނަމަ 15 ދުވަހުގެ ތެރޭގައި އެ އުޅަނދަށް ބަދަލު ގެނައުން
  • އެހެން ރަޖިސްޓްރީ ނަންބަރެއް ޖަހައިގެން ދުއްވާ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުން، އެ އުޅަނދެއް ދޫކުރެވޭނީ 15 ދުވަހުގެ މުއްދަތު ހަމަވުމުން
  • ގަވާއިދާ ޚިލާފަށް އެހެން ރަޖިސްޓްރީއެއް ޖަހައިގެން ދުއްވާ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެކަމުގެ ޖިނާޢީ ތަހުގީގެއް ހިންގަން ޖެހޭނަމަ އެ އުޅަނދެއް ދޫކުރެވޭނީ ޖިނާއީ ތަހުގީގު ނިމުމަށްފަހު
  • ސައިލެންސަރުގެ އަޑު ގަދަކޮށް ދުއްވާ އުޅަނޑުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި، އެ އުޅަނދުތަކުގެ މޮޑިފިކޭޝަން ރަނގަޅުކުރުމުން އުޅަނދު ދޫކުރާނީ، އެ އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތު ހަމަވުމުން
  • އެކްސިޑެންޓަކާ ގުޅިގެން ހިފަހައްޓާ އުޅަނދެއްގެ ތަހުގީގު ބޭނުން ނިމުމަށްފަހު، އެ އުޅަނދެއް ދޫކުރާނީ ހަތް ދުވަހުގެ ތެރޭގައި

 

މަގުމަތީގެ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފުލުހުން ނިންމާފައިވަނީ، މި ފަހަކުން އައިސް މާލެ ސަރަޙައްދުގައި ހިނގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ސަބަބުންނެވެ. އެގޮތުން މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކުގައި ދެ މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހަދަނީޚަބަރު | 9 ގަޑިއިރު ކުރިންމަގުމަތީގެ ރައްކާތެރިކަން ހަނދާންކޮށް ދިނުމަށް ހަރަކާތެއް ފަށައިފިޚަބަރު | 12 ގަޑިއިރު ކުރިންފޭސްބުކް މާކެޓް ޕްލޭސްއިން އެއްޗެހި ގަތުމުގައި ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިޚަބަރު | ދުވަހެއް ކުރިންއެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން މިހާތަނަށް ދެމިލިއަނަށް ވުރެ ގިނަ ފައިސާ އަނބުރާ ހޯދައިފިޚަބަރު | ދުވަހެއް ކުރިން